ތަމަންނާ ބާޓިއާ އަކީ އޭނާގެ ރީތިކަމަށް މަޝްހޫރު ސައުތުގެ ފިލްމީ ތަރިއެކެވެ.

ތަމަންނާގެ ރީތިކަމަށް ގިނަ ބައެއްގެ ތައުރީފު ލިބޭއިރު، އޭނާ އެކަން ހާސިލްކުރާ ގޮތާ މެދު ގިނަ ބަޔަކު އޭނާއަށް ސުވާލުކޮށްފައިވެ އެވެ.

އެގޮތުން ތަމަންނާ ވަނީ ރީތި ދުޅަހެޔޮ ހަންގަނޑެއް ދެމެހެއްޓުމަށް އޭނާ ކުރާ ކަންތައްތައް އާންމުންނާއި ހިއްސާކޮށްފަ އެވެ.

ތަމަންނާ ބުނިގޮތުގައި އޭނާ ވީހާ ވެސް ބޮޑަށް މޭކަޕް ކުރުމާ ދުރުގައި ހުރެވޭތޯ ބަލަ އެވެ. އަދި ކޮންމެހެން ކުރަން ޖެހުމުން ނޫނީ މޭކަޕް ނުކުރާކަން ފާހަގަކޮށް، ތަމަންނާ ބުނީ، އަގުބޮޑު ޕްރޮޑަކްޓްސްގެ ބަދަލުގައި ގެއިން ފަސޭހަކަމާއެކު ހަދާލެވޭ "ހޯމް ރެމެޑީޒް"ގެ ފޭޝަލްތައް ގޭގައި ހުރެގެން ހަދާ ކަމަށެވެ.

ތަމަންނާ އެންމެ ގިނައިން ހަންގަނޑަށް ބޭނުންކުރާ އެއް ބާވަތަކީ އެލޯވެރާ ކަަމަށް އޭނާ ބުނެފައިވެ އެވެ. އަދި ރީނދޫ، ކެލާ އަދި ނީމް ފަތް ބޭނުންކޮށްގެން ޕޭސްޓު ހަދައި މޫނުގައި އުނގުޅާ ކަމަށް ތަމަންނާ ބުނެފައިވެ އެވެ.

ތަމަންނާ އިތުރަށް ބުނިގޮތުގައި ހަންގަނޑުގެ ރީތިކަމަށް ގަވާއިދުން ފެން ބުއިމަކީ ވެސް މުހިންމު ކަމެކެވެ. އޭގެ އިތުރުން ހަންގަނޑު އިތުރަށް ރީތިކޮށް ދެމެހެއްޓުމަށްޓަަކައި އެވަކާޑޯ، މައި ކެއުމެއް ފަދައިން ކެއުމަށް ބޭނުންކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ތަމައްނާއަކީ ސައުތު އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ތަރިއެކެވެ.

އޭނާގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ފިލްމު "ބާހޫބަލީ" އެވެ.

އެ ފިލްމުގައި އޭނާ ކުޅޭ ދީފައި ވަނީ ބަތަލާގެ ރޯލެވެ.