ރާއްޖޭގައި ލޮލު ރޯގާ އިތުރުވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްީއޭއިން މިއަދު ކުރި ޓިވީޓެއްގައި ބުނީ، ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމުކަން ފާހަގަކޮށް، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިރުޝާދުދީފައިވެ އެވެ.

އެޗްޕީއޭއިން އިތުރަށް ބުނިގޮތުގައި ލޮލުރޯގާ ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ލޮލުން ފެން އައުމުގެ އިތުރުން ލޯ ހިރުވައި، ލޯ ރަތްވެ އަދި ލޮލުގައި މަޑުލުން ހިމެނެ އެވެ.

ބަލިން ރައްކާތެރިކަން ހޯދުމަށް ސާފުތާހިރުކަން އިސްކުރުމަށާއި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުން އިސްކުރުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.

ނިމިދިޔަ އަހަރަކީ ފާއިތުވި އަހަރުތަކާއި އަޅާބަލާއިރު، ވައިރަލް ރޯގާތަށް ވަރަށް ބޮޑަށް ފެތުރިގެންދިޔަ އަހަރެކެވެ.