ވޮޝިންޓަން (12 ޖެނުއަރީ) އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ޖިލް ބައިޑަން ކެންސަރުގެ އޮޕަރޭޝަނެއް ކުރައްވައިފި އެވެ.
އެޑްމިޓް ނުކޮށް ކުރެވޭ މި އޮޕަރޭޝަނަށްޓަކައި ޖިލް ބައިޑަން އާއި ފިރިކަލުން ޖޯ ބައިޑަން ވަނީ ވޮޝިންޓަންގެ ރަށްބޭރުގައި ހުންނަ ހޮސްޕިޓަލަކަށް އިއްޔެ ހެނދުނު ވަޑައިގެންފަ އެވެ.
އެމެރިކާގެ ހަބަރުތައް ބުނާ ގޮތުގައި ޖިލްގެ ހަށިކޮޅުގައި ކެންސަރަށް މަގުފަހިވާ ގޮތަށް އުފެދިފައިވާ ދެ ޓިއުމަރެއް އޮޕަރޭޝަންގެ އެހީގައި ނަގާފައިވެ އެވެ.
މިއާއެކު ޖިލްގެ ސިއްހަތަށް އޮތް ކެންސަރުގެ ނުރައްކާ މިވަގުތަށް ނައްތާލެވިފައިވާ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ސަމާލުވާން ޖެހޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.
ވައިޓް ހައުސްގެ ޑޮކްޓަރު ކެވިން އޮ ކޮނޯ ވިދާޅުވީ އޮޕަރޭޝަންގެ ފަހުން ޖިލްގެ މޫނުގައި ދުޅައިގެ އަސަރު ހުރި ނަމަވެސް އާއްމު ސިއްހަތު ރަނގަޅު ކަމަށެވެ.
އުމުރުން 71 އަހަރުގެ ޖިލް ބައިޑަންއަކީ އެމެރިކާގައި މިހާތަނަށް ފަސްޓް ލޭޑީގެ މަގާމު ފުރާ އެންމެ ދުވަސްވީ މީހާ އެވެ. ފިރިކަލުން ޖޯ ބައިޑަން އަކީ ވެސް އުމުރުފުުޅުން 80 އަހަރުގައި ވެރިކަން ކުރައްވާ އެމެރިކާގެ އެންމެ ދުވަސްވީ ރައީސެވެ. -- އަލް އަރަބިއްޔާ
މަރުވެފައިވާ ދައްތަގެ ކަށިގަނޑު ހިފައިގެން ބޭންކަށް ގޮސްފި
މީޑިއާ ކުށްވެރިނުކޮށް، އަމަލުތައް އިސްލާހު ކުރޭ: ޔާމީން
އަކްޝޭ ކުރި ސަމާސާއެއްގެ ސަބަބުން ޖެކްލިން ބޮޑު ހާސްކަމަކަށް