މި މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާއެއް މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ. އަދި އެ ގަޑިއަށް ސަޕޯޓަރުން އެސަރަހައްދަށް އައުމަށް އެމްޑީޕީގެ، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ދަނީ ދައުވަތު އަރުވައި، ސޯޝަލްމީޑިއާގައި އެކަން އިއުލާނުކުރަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބުގައި ރައީސް ނަޝީދުގެ އިތުުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް ވާދަކުރައްވާނެ އެވެ.
އެގޮތުން ކެމްޕޭންގެ މަސައްކަތާ ގުޅިގެން ރައީސް ނަޝީދާއި ރައީސް ޞާލިހް ދަނީ އަތޮޅުތެރެއަށް ދަތުރު ކުރައްވައި ކެމްޕޭން ކުރައްވަމުންނެވެ.
އެގޮތުން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ނަޝީދު ވަނީ ނ، ރ، އަދި ބ. އަތޮޅުގެ ބައެއް ރަށްރަށުގައި ކެމްޕޭން ކުރައްވައިފަ އެވެ.

އެއާޕޯޓުން ޑޮލަރު ފޭރުނު 8 މީހަކަށް ދައުވާ ކޮށްފި
ހަނގުރާމައަށް 11 ދުވަސް: އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަ
ސިއްހީ އެހީއަށް އެދޭ ސްކޭމް ޕޯސްޓުތަކަށް ސަމާލުވާން އެދިއްޖެ
