އެމީހެއްގެ ރީތިކަމުގެ ސަބަބުން، ވަގުތުން ވަގުތަށް އޭނާ ހުރި ގައުމު، ސައުދި އަރަބިއްޔާއިން ބޭރުވާން އެންގިކަމަށް ބުނާ އޮމަރް ބޮރްހާން އަލް ގަލާގެ ވާހަކަ އަޑުނާހާ މީހަކު މަދުވާނެ އެވެ.
އަރަބި ގައުމުގައި މޮޑެލްކުރުމުގެ މަސައްކަތް ކުރި އޮމަރް އަކީ ރީތި ފިރިހެނެކެވެ. އޭނާގެ ރީތިކަމުގެ ޖާދޫގައި ގިނަ އަންހެން ކުދިން ޖެހިފައިވާއިރު، އޭނާ ސައުދި އަރަބިއްޔާއިން ވަގުތުން ފޭބުމަށް އެންގީ، އަންހެނުން އޭނާއަށް ލެނބޭތީ ކަމަށް މީގެ ކުރިން އަޑުއިވިފައިވެ އެވެ.
މި ހަބަރުތައް އޭރު މުޅި ދުނިޔެއަށް މަޝްހޫރުވި އިރު، ދުނިޔޭގެ އެކި ނޫސް މަޖައްލާތަކުން ދިޔައީ އޮމަރްގެ ވާހަކަތައް ދައްކަމުންނެވެ. އަދި އިސާހިތަކު އޮމަރް އަކީ މުޅި ދުނިޔެއަށްވެސް މަޝްހޫރު މީހަކަށްވެ، ދުނިޔޭގެ އެކި ހިސާބުތަކުގައި ދަތުރުކުރުމުގެ ފުރުސަތު އޭނާއަށް ލިބެންފެށި އެވެ.
ރީތިވުމުގެ ސަބަބުން ގައުމުން ފޭބުމަށް އޮމަރް އަށް އެންގިކަމަށް ހަބަރުތަކުގައި ބުނެފައިވީނަމަވެސް، ކަން ހިނގައިދިޔައީ ހީކުރިގޮތަކަށް ނޫނެވެ.
މިކަމުގެ ހަގީގަތް އޮމަރްގެ ދުލުން ކިޔައިދީފައިވާއިރު، އޮމަރް ބުނިގޮތުގައި އެއްދުވަހަކު އޭނާ ދިޔައީ ދުބާއީ އިން އެހެން ހިސާބެއްގައި އޮތް އިވެންޓެއްގައި ބައިވެރިވުމަށް ދަތުރުކުރަމުންނެވެ. އަދި ކާރު ހުއްޓި ހިސާބަށް އަންހެނަކު އައިސް އޮމަރް އަކީ މޮޑެލް އެއްކަން އެނގުމުން އޭނާގެ ސޮއި ނަގަން ބޭނުންވިކަމަށް އޭނާ ކިޔައިދިނެވެ. އޮމަރު ބުނިގޮތުގައި އެ ހިސާބުގެ ގިނަ ބައެއްގެ ތެރޭގައި އޮމަރް އޮތީ މަޝްހޫރު ވެފަ އެވެ. އަދި އެ ސަރަހައްދަށް ގިނަ އަދަދެއްގެ އަންހެނުން އޮމަރް ދެކިލުމަށް ޖަމާވަމުން ދިޔަކަމަށްވެސް އޭނާ ކިޔައިދެމުންދިޔަ އެވެ.
މިކަންތައް ބޮޑުވެގެންގޮސް އެންމެފަހުން އެސަރަހަައްދަށް ފުލުހުން އައިސް ވަގުތުން އޮމަރް ގާތު އިވެންޓުގައި ބައިވެރި ނުވެ އަނބުރައި ދިއުމަށް ބުނިކަމަށް އޭނާ ބުންޏެވެ. ނަމަވެސް މައްސަލަ ގޯހުން ގޯހަށް ގޮސް، ހަބަރު ފެތުރުނީ އެހެން ގޮތަކަށް ކަމަށް އޮމަރް ކިޔައިދިނެވެ.
ބަގްދާދަށް އުފަން އޮމަރް ދިރިއުޅެ ބޮޑުވީ ދުބައީގަ އެވެ. އެއަށްފަހު ޔާސްމިން ޔާސްމީން އޮވައިދާ ނަމަކަށް ކިޔާ އަންހެނަކާއި 2015 ވަނަ އަހަރު ކަވެނިކޮށްފައިވާއިރު އެދެމީހުންގެ ކައިވެންޏަށް ފިރިހެން ދަރިއަކު ލިބިފައިވެ އެވެ. ނަމަވެސް އެދެމީހުން ވަނީ 2018 ވަނަ އަހަރު ކައިވެނީގެ ގޮށް މޮހާލާފަ އެވެ.