މިއަދުގެ ހުކުރު މަލާފަތުގެ ބައިގައި މި ގެނެސްދެނީ ދިވެހިންގެ ރަހަތަކާ ވަރަށް ގުޅޭ ކެއުމެކެވެ. މި ކެއުން ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާނެ ކަަމަށް އުއްމީދު ކުރަމެވެ.

ބޭނުންވާ ތަކެތި

  • 2 ޖޯޑު ބާސްމަތީ ބަތް (ރަނގަޅަށް ކައްކާފައި)
  • 1 ފިޔާ
  • 3 ލޮނުމެދު
  • 1/2 ސައިސަމުސާ އިނގުރު (ގާނާފައި)
  • ލޮނު
  • 1/2 ސައިސަމުސާ ތެޅިމިރުސް
  • 1/2 ސައިސަމުސާ އަސޭމިރުސް
  • 300ގ ރޯފިލުވާފައި ހުރި ކުކުޅު ( ބޯންލެސް ، ކުދިކޮށް ކޮށާފައި )
  • 3 ބިސް
  • 1/2 ޖޯޑު ރަތް އަދި ފެހި ކެޕްސިކަމް
  • 1 ޖޯޑު ކެބެޖް
  • 1 ޖޯޑު ޒުވާރީ
  • 1 މޭޒުމަތީ ސަމުސާ އޮއިސްޓަ ސޯސް
  • 3 މޭޒުމަތީ ސަމުސާ ސޯޔާސޯސް
  • 3 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރު ކުރާނެ ގޮތް

  1. އުނދުން މައްޗަށް ތަވައެއް އުދުމަށް ފަހު ޔެތޮފޮދު އަޅާ ހޫނުވުމުން އިނގުރު، ލޮނުމެދު އަދި ފިޔާކޮޅު އަޅައި ވަޅޯ ކޮށްލާށެވެ.
  2. ދެން ކެޕްސިކަމް، ކުކުޅު އެޅުމަށް ފަހު ތިން މިނެޓް ވަންދެން ކައްކާލާށެވެ. ތަވާގައި ހުރި އެތިކޮޅު ތަވައިގެ އެއްކައިރިއަށް ޖައްސާލުމަށް ފަހު ބިސް ކޮޅުއަޅާ ރޯފިލުވާލާށެވެ. އެއަށްފަހު ކެބެޖް، ސްޕްރިންގ ޒުވާރީ ކޮޅު، ތެޅިމިރުސް، އަސޭމިރުސް އަޅާ ރަނގަޅަށް މޯޅި ކޮށްލާށެވެ.
  3. ދެން ސޯސްތައް އަޅައި ލޮނު ހެޔޮވަރު ކުރުމަށްފަހު އިތުރު ފަސް މިނެޓް ކައްކާށެވެ.
  4. އެއަށްފަހު ބަތް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.