ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި ދީޕިކާ ޕަޑުކޯން ފާހަގަކޮށްލެވެ އެވެ.

ގިނަ ބައެއްގެ ލޯބި ދީޕިކާ ހޯދާފައިވާއިރު، ފޭނުން އަބަދުވެސް ދީޕިކާއަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

އެގޮތުން ދީޕިކާއަށް އެންމެ ކަމުދަނީ ކޮން ވައްތަރެއްގެ ސެންޓުތަކެއްތޯވެސް ގިނަ ބަޔަކު އެކްޓްރެސްއާ ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް ދީޕިކާ ޖަވާބުދީފައިވާއިރު، އޭނާއަށް އެންމެ ކަމުދަނީ 'ނާސިސްކޯ ރޮޑްރިގޭޒް' ނަމަކަށް ކިޔާ ސެންޓު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ދީޕިކާއަށް މި ސެންޓު ކަމުދާކަމަށް އެތައް ފަހަރަކު އޭނާ ބުނެފައިވެ އެވެ. އަންހެނުންނަށް ހާއްސަ މި ސެންޓު 84.20 ޑޮލަރަށް ލިބެން ހުރެ އެވެ.

ދީޕިކާ އަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓްރެސްއެއްގެ ގޮތުގައި އަދިވެސް ދީޕިކާ ވާކަން ފާހަގަކޮށްލެވެ އެވެ.