ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، ސަމްލާނުގެ ޕްރައިވެޓް ލައިފާއި ލަވް ލައިފް އާއި ގުޅުންހުރި ކަންކަމަކީ ވެސް އޭނާގެ ސަޕޯޓަރުން އަބަދުވެސް ބަލަން ބޭނުންވާ މައުލޫމާތުތަކެކެވެ.

ސަލްމާން މިހާތަނަށް މީހަކާ ނީނދެ ހުރުމަކީ އޭނާގެ ސަޕޯޓަރުން އަބަދުމެ ކަންބޮޑުވުން ފާޅުކުރާކަމެކެވެ. ނަމަވެސް ސަލްމާނުގެ ލޯބީގެ ހަޔާތަކީ އަބަދުމެ އޮން ސްކްރީން އާއި އޮފް ސްކްރީންގައި ވެސް ދެކެވޭ ބޮޑު ވާހަކައެކެވެ.

އެކި ފަހަރު މަތިން ސަލްމާނު، ރީތި އަންހެނުންނާއި ލޯބީގެ ގޮތުން ގުޅިފައިވެ އެވެ. އެ އަންހެނުންނާއި، އޭނާއާ މެދުގައި ކައިވެނި ވެވޭ ވާހަކަތައްވެސް ދެކެވިފައިވެ އެވެ. އެހެންނަމަވެސް އޭނާ ލޯބީގެ ގޮތުން ގުޅުނު އެކަކާއި އެކީވެސް އެހިސާބަކަށް ދެވިފައެއް ނުވެ އެވެ.

އެގޮތުން ސަލްމާނު ރައްޓެހިވި މީހުންގެ ލިސްޓުގައި ހިމެނޭ އެކަކީ ސްނޭހާ އުލަލް އެވެ. އެނގިފައިވާ ގޮތުގައި މި ރީތި އެކްޓްރެސްއާ ސަލްމާނު ގުޅުނީ، އޭނާގެ ކުރީގެ ލޯބިވެރިޔާކަމަށްވާ އައިޝްވަރްޔާ ރާއީއާ ސްނޭހާ ވައްތަރުވުމުންނެވެ.

ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެދެމީހުންގެ ގުޅުންވެސް ވަނީ ކެނޑިފަ އެވެ. ސަބަބަކީ، ސަލްމާނުވީ ލޯބީގެ ނާޖާއިޒް ފައިދާ ސްނޭހާ ނެގުމުންނެވެ. ސަލްމާނުއާ ގުޅުމަށްފަހު ސްނޭހާ މަސައްކަތް ކޮށްފައިވަނީ އެކަމުގެ ބޭނުން ހިފައި އޭނާގެ ކެރިއަރު ކުރިއެރުވުމަށެވެ. މިކަން ސަލްމާނަށް ހާމަވުމުން އޭނާ ވަނީ ސްނޭހާއާ އޮތް ގުޅުންވެސް ކަނޑާލާފަ އެވެ.

ސަލްމާނު ހާން އަދިވެސް ސިންގަލޮކޮށް ހުރި އިރު، އޭނާ ކައިވެނިކުރާނެ ކަމަށް އާންމުންނާއި ސަޕޯޓަރުން އެންމެ އުންމީދުކުރީ ކެޓްރީނާ ކެއިފްއާ އެވެ. ނަމަވެސް ކެޓްރީނާ އާއި ސަލްމާނުގެ ގުޅުން ވެސް ވަނީ ނިމުމަކަށް އައިސްފަ އެވެ.