އަންކާރާ (22 ޑިސެމްބަރު) - ތުރުކީއިން ބޮޑު ރަން ވަޅެއް ފެނިއްޖެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ތުރުކީ ސަރުކާރުން ހިންގާ ނޫހެއް ކަމަށްވާ އަނަޑޮލު އެޖެންސީ އިން ބުނިގޮތުގައި ތުރުކީގެ ހުޅަނގު އަވަށެއް ކަމަށްވާ ސޮގުޓުން ފެނުނު ރަން ވަޅުގައި ގާތްގަނޑަކަށް 99 ޓަނުގެ އަގުހުރި މައުދަން (6 ބިލިއަން ޑޮލަރު) ހުންނާނެ ކަމަށެވެ.

މި ރަން ވަޅު ފެނިގެން ރިޕޯޓްކުރީ ތުރުކީގެ އެގްރިކަލްޗަރަލް ކްރެޑިޓް ކޯޕަރޭޓިވްސް އަދި ގްބްރޭޓަސް ފާޓިލައިޒާ ޕްރޮޑަކްޝަން ފާމްގެ ރައީސް ފަހެރެޓިން ޕޯއިރާޒް އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ އަހަރު ތެރޭގައި ރަން ނެގޭނެ އެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައި ތުރުކީގެ އެނާޖީ އެންޑް ނެޗުރަލް ރިސޯސަސް މިނިސްޓަރު ފާތިހް ދޮންމެޒް ވަނީ ތުރުކީއިން ވަނީ 38 ޓަނުގެ ރަން އުފައްދައި ރިކޯޑް މުގުރާފައިވާކަމަށް އިއުލާން ކޮށްފަ އެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރުގެ ޓާގެޓަކީ ކޮންމެ އަހަރަކު 100 ޓަނުގެ ރަން އުފެއްދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތުރުކީ އަކީ ޔޫރަޕްގެ އެންމެ ގިނައިން ރަން އުފައްދާ ގައުމެވެ. ތުރުކީގައި ރަން ނަގާ ޖުމްލަ 15 ވަޅު ހުރެ އެވެ. އަދި ތުރުކީ އަކީ އެހެނިހެން އަގުހުރި މައުދަން ވެސް އުފައްދާ ގައުމެކެވެ. – ބެރޮންސް