ހަރު ހަނޑުލުގެ ބަތަކީ އަހަރުމެންގެ އާއްމު ކެއިންބުއިމުގައި ވަރަށް އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. ނަމަވެސް މިފަހުން ހެދި ދިރާސާއަކުން ވަނީ ހަރު ހަނޑުލުގެ ބަތް ކެއުމުން ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދައްކައިފަ އެވެ.

މި ދިރާސާ އަކީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި 21 ގައުމަކުން 130،000 މީހުން ބައިވެރިކޮށްގެން ހަދާފައިވާ ދިރާސާއެކެވެ. އަދި މި ދިރާސާ ހެދުމުގައި އިންޑިއާ، ޗައިނާ، ނޯތް އަދި ސައުތު އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތަކުން ބައިވެރިވި އެވެ.

ADV BY DHIRAAGU ޑައިބެޓިކްސް ކެއާ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާގޮތުގައި މި ރިސްކު އެންމެ ބޮޑީ ދެކުނު އޭޝިއާގެ މީހުންނަށެވެ.

ހަރު ހަނޑޫ ނުވަތަ ހުދު ހަނޑުލޭ އަހަރެމެން މިކިޔާ ހަނޑުލުގައި ހުންނަނީ އޭގެ ބޭރުގައި ހުންނަ ހުރިހާ ފަށަލައެއް ސާފުކޮށް "ޕޮލިޝް" ކޮށްފަ އެވެ. ހަނޑޫ ފުއްތައް އޮމާންކޮށް ހުންނަނީ މި ސަބަބަށްޓަކަ އެވެ. އެހެން ނަމަވެސް ސާފުކުރުމުގެ ތެރޭގައި އޭގައި ހިމެނޭ ވިޓަމިން ބީ މާއްދާ އުނިވެގެންދެ އެވެ.

މީގެ އިތުރުން ވިޓަމިން ބީ-1 މާއްދާ މަދުވުމުގެ ސަބަބުން އޭޝިއާގައި ފެތުރުނު ބައްޔެއް ކަމަށްވާ ބެރީބެރީ އަކީވެސް ހަރު ހަނޑޫ ކެއުމުގެ ސަބަބުން ފެތުރިގެން އައި ބައްޔެކެވެ. މީގެ އިތުރުން އޭގައި ހިމެނޭ ގްލައިސެމިކްގެ ސަބަބުން ބްލަޑް ޝުގާ ލެވެލްވެސް މައްޗަށް ދެ އެވެ.

މުޅި ދުނިޔޭގައި ހަކުރު ބަލި ޖެހިފައިތިބި 4.2 މިލިއަން މީހުން ތިބިއިރު މި އަދަދު 2045 ވަނަ އަހަރާއި ހަމައަަށް 62.9 މިލިއަނަށް އަރާނެކަމަށް ބައިނަލްއަގްވާމީ ޑައިބެޓިކްސް ފެޑެރޭޝަނުން ލަފާކުރެ އެވެ.

2012 ވަނަ އަހަރު ހެދިފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހަރު ހަނޑޫ ކާ ކޮންމެ އިރަކު ހަކުރުބަލި ޖެހުމުގެ ފުރުސަތު 11 އިންސައްތައަށް އަރަ އެވެ. މި ހުރިހާ ކަމަކާއި އެކީވެސް ވިސްނާލަން ޖެހޭ މުހިއްމު ކަމަކީ ހަމައެކަނި ބަތް ކައިގެން ހަކުރު ބަލި ނުޖެހޭނެ ކަމެވެ. އެކަން ބިނާވެގެން ވަނީ ބަތް ކާއިރު އެ ކާ މިންވަރާއި، ބަތާއި އެކީ ކާ އިތުރު އެއްޗެހީގެ ވެސް މައްޗަށެވެ.