ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑް ތަރިއެއްގެ ގޮތުގައި ޖާންވީ ކަޕޫރު ފާހަގަކޮށްލެވެ އެވެ.

ގިނަ ބައެއްގެ ލޯބި ދީޕިކާ ހޯދާފައިވާއިރު، ފޭނުން އަބަދުވެސް ޖާންވީއަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއް ވެސް ނެތް ކަމެކެވެ.

އެގޮތުން ޖާންވީއަށް އެންމެ ކަމުދަނީ ކޮން ވައްތަރެއްގެ ސެންޓުތަކެއްތޯ ވެސް ގިނަ ބަޔަކު އެކްޓްރެސްއާ ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް ޖާންވީ ޖަވާބުދީފައިވާއިރު، އޭނާއަށް އަންހެން ސެންޓަށް ވުރެ ފިރިހެން ސެންޓު ކަމުދާކަން ހާމަކޮށްފައިވެ އެވެ.

ޖާންވީ ބުނިގޮތުގައި އޭނާ ވަރަށް ގިނައިން ތަންތަނަށް ދާއިރު، އަންހެން ސެންޓާއި ފިރިހެން ސެންޓު މިކްސް ކޮށްގެން ޖަހައި އުޅެ އެވެ.

ފިރިހެން ސެންޓަށް ހިތްޖެހުނީ، ކުޑައިރު، ޖާންވީގެ ބައްޕަ ބޯނީ ކަޕޫރު ގެންގުޅޭ ސެންޓު ފުޅިތަކުން މީރުވަސް ދުވާތީ ކަމަށް ޖާންވީ ބުނެފައިވާއިރު، އޭނާ ވަރަށް ގިނައިން ބޯނީގެ ސެންޓު އޭރު ޖަހައި އުޅުނު ކަމަށް ބުނެފައިވެ އެވެ.

ޖާންވީ އަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓްރެސްއެއްގެ ގޮތުގައި ވެސް ކާންވީ ވާކަން ފާހަގަކޮށްލެވެ އެވެ.