ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ފާތިމަތު ދިޔާނާ ސައީދާއި ޑރ. މުހައްމަދު މުނައްވަރާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.
ނަޝީދު މިއަދު ހަވީރު އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ގިނަ ބަޔަކު އެއްވެ ތިއްބެވެ. އަށް ކުރައްވާ ދަތުރުފުޅުގައި ހިތަދޫ އަށް ވަޑައިގެންނެވި އިރު ގިނަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިއްބެވެ.
ނަޝީދު ގެންދަވަނީ ހިތަދޫގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވަމުންނެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯއެއްގައި ނަޝީދަށް ލިބުނު ތަރުހީބަކީ "ފިނި ތަރުހީބެއް" ކަމަށް ބުނެފައިވެ އެވެ. އެ ބައްދަލުވުން ބޭއްވީ ހިތަދޫ ސިޓީ ސްކުއާގަ އެވެ. އެތަނުގައި 200 މީހުން ވެސް ހަމަނުވާ ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ.
ނަޝީދުގެ ދަތުރުފުޅުގައި އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވެސް ބައިވެރިވެވަޑައިގަތެވެ.
ކެމްޕޭނަށް އެމަނިކުފާނު އައްޑުއަށް ވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ސިޓީއަށް ވަޑައިގެންފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ގިނަ ކައުންސިލަރުން ތާއީދު ކުރައްވަނީ ރައީސް ސޯލިހަށެވެ. ރައީސް ސޯލިހު މިވަގުތު ހުންނެވީ ކ. އަތޮޅުގަ އެވެ.
މަގު ހުރަސްކުރި މީހާގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓެއް
މިދިޔަ މަހު ޓޫރިޒަމަށް 2.1 ޕަސެންޓްގެ ކުރިއެރުމެއް
އާ އިސްލާހާއެކު މަހަކު 10 މިލިއަން ރުފިޔާ ގެއްލޭނެ: އާޒިމް
