މަޝްހޫރު "ކައިލީ ކޮސްމެޓިކްސް"ގެ މިލްކުވެރިޔާ އަދި ރިއަލިޓީ ތަރި، ކައިލީ ޖެނާ އޭނާގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓްއާ އޮތް ލޯބީގެ ގުޅުން ކަނޑާލި ހަބަރަކީ މިފަހުން ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުގައި ދެކެވުނު ވާހަކަތަކެކެވެ.
އިނގިރޭސި ވިލާތުގެ ނޫސްތަކުން މިކަން ކަށަވަރުކޮށްދީ، ކައިލީ އާއި ޓްރެވިސް ވެސް މިކަން އާންމުންނަށް ހާމަކޮށްފައިވާއިރު، އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އެކީގައި އުޅުމަށްފަހު ވަކިވި މިއީ ދެވަނަ ފަހަރެވެ.
އެދެމީހުންގެ ލޯބީގެ ގުޅުމަށް ނިމުން ގެނައީ ކީއްވެތޯ އާންމުން ކައިލީއަށް ސުވާލުކޮށްފައިވެ އެވެ. މިސުވާލަށް ކައިލީ ރައްދުދީފައިވާއިރު، އެދެމީހުން ވަކިވީ ސެލީނާގެ ސަބަބުން ކަމުގައި ކައިލީ ވަނީ ބުނެފަ އެވެ. ކައިލީ ބުނިގޮތުގައި އޭނާއަށް ވަނީ ސެލީނާ އާއި ޓްރެވިސްގެ ގައިގޯޅި ފޮޓޯތަކެއް ފެނިފަ އެވެ.
ކައިލީ ޖެނާ އަދި ޓްރާވިސް ސްކޮޓް އަށް އެ މީހުންގެ އަލަތު ދަރިފުޅު ސްޓޯމީ ލިބިފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ. ދަރިފުޅު ލިބުނުތާ މާގިނަ ދުވަހެއް ނުވެ 2019 މިދެ މީހުން ވަނީ އެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސްފަ އެވެ.
މީގެ ކުރިން ކައިލީ އާއި ޓްރެވިސް ގުޅުން ކަނޑައިލީ، އެހެން އަންހެނަކާ އެކު ޓްރެވިސް ލޯބީގެ ގޮތުން ގުޅި، ކައިލީއަށް އޮޅުވާލުމުންނެވެ.
 ބީއެމްއެލް އިން މުޅިން އާ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް
			ބީއެމްއެލް އިން މުޅިން އާ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް
		 މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
			މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
		 އައްނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ހުށަހަޅަނީ
			އައްނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ހުށަހަޅަނީ 
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					