ހަކުރު ބައްޔަކީ ދިވެހިންގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ އާއްމު ބަލި ކަމުގައި ދެންނެވިދާނެ އެވެ. ހަކުރު ބައްޔަކީ މުޅިން ރަނގަޅު ނުކުރެވުނު ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. ކޮންޓްރޯލް ނުކުރެވިއްޖެނަމަ އިތުރު ސިއްހީ މައްސަލަތަކަށް މަގުފަހިކުރުވާ ބައްޔެކެވެ.
ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ފާގައަކީ ވަރަށް ފައިދާހުރި މޭވާ އެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފާގައިގައި ފައިޓޯނިއުޓްރިއެންޓް އެއް ކަމުގައިވާ ޕޮލީޕެޕްޓައިޑް ޕީ ހުރުމުގެ ސަބަބުން ލޭގެ ހަކުރުގެ މިންވަރު ދަށް ކޮށްދެ އެވެ. މިއީ އިންސިއުލިން އުފެއްދުމުގައި ހަށިގަނޑަށް ބޮޑު އެހީތެރިކަމެއް ވެދޭ މާއްދާ އެކެވެ.
ތިރީގައިވާ ގޮތަށް ފާގަ ފަނި ތައްޔާރު ކޮށްގެން ކޮންމެ ދުވަހަކު ހެނދުނު ހައިބަނޑާހުރެ ބޭނުން ކުރާނަމަ ވަރަށް އަވަހަށް ތަފާތު ފެނިދާނެ އެވެ.
ބޭނުންވާ ތަކެތި
- 2 ފާގަ (ކޮށާފައި)
- 1 ފެހި އާފަލު (ކޮށާފައި)
- 1 ކިއުކަންބާ (ކޮށާފައި)
- ½ ސައިސަމުސާ ކަޅުދިރި
- ½ ސައިސަމުސާ ލުނބޯ ހުތް
ތައްޔާރު ކުރާނެ ގޮތް
- ބޯ ތަށްޓަކަށް ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު ފާގައާއި އާފަލު އަދި ކިއުކަމްބާ އަޅާށެވެ. އަދި އެތަކެތި ރީތިކޮށް ފޮރުވެންދެން ފެންއަޅައި ގާތްގަނޑަކަށް 5 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ.
- ދެން އެއަށްފަހު މިކްސަރަށް އަޅާ ރަނގަޅަށް ހިމުން ކޮށްލުމަށް ފަހު ދިޔަ ފެލާލާށެވެ.
- ތައްޔާރުކުރި ޕޭސްޓުގެ ތެރެއަށް ލުނބޯ ދިޔަ ފޮދަކާއި ކަޅުދިރިކޮޅު އަޅާފައި ރީތިކޮށް ގިރާލާށެވެ.
ފާގަ ދޮންކޮށްގެން އަބަދުވެސް ފަނިގިރާއުޅޭ. ވަރަށް މީރުވާނެ.