މޮސްކޯ (02 ފެބްރުއަރީ) ރަޝިއާއިން ހުޅަނގަށް ތެޔޮ ފޯރުކޮށްދޭ ނޯޑް ސްޓްރީމް ތެޔޮ ހޮޅި ފަޅައިގެން ދިޔަ ހާދިސާގައި އެމެރިކާގެ ބައިވެރިވުން އެބައޮތް ކަމަށް ރަޝިއާއިން ބުނެފި އެވެ.
އެގައުމުގެ ފޮރިން މިނިސްޓަރު ސާޖިއޯ ލެވްރޯވް ވިދާޅުވީ މިދިޔަ އަހަރު ހިނގައިދިޔަ އެ ހާދިސާއަކީ އެމެރިކާއިން ބައިވެރިވެގެން ރަޝިއާއާ ދެކޮޅަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
މި ބަޔާނަށް އެއްވެސް ކަަހަލަ ހެއްކެއް އޭނާ ދީފައިނުވާއިރު ރަޝިއާގެ ރައީސް ލަމިޑިއާ ޕުޓިން މީގެ ކުރިން ވަނީ އެ ހާދިސާގެ ފަހަތުގައި އިނގިރޭސި ވިލާތުގެ އަތެއް ވާ ކަމަށް ބުނެފަ އެވެ. މި ތުހުމަތު ތަކަށް އިނގިރޭސިވިލީާތުން ދެކޮޅު ހެދި އެވެ.
މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ލެވްރޯވް އިތުރަށް ވިދާޅުވީ އެމެރިކާއާއި ހުޅަނގުން މަސައްކަތް ކުރަނީ މޮލްޑޯވާއާއި ޖޯޖިއާގެ އިތުރުން ކުރީގެ ސޮވިއަޓް ޔޫނިއަންގެ އެހެން ގައުމުތައް ރަޝިއާއާ ދެކޮޅުވެރި ކުރުވަން ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ނޯޑް ސްޓްރީމް ދަތުރުކުރާ ބެލްޓިކް ސީގައި ގޮވި ގޮވުންތަކެއްގައި އެ ހޮޅިއަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފަ އެވެ.
ނޯޑު ސްޓްރީމް މެދުވެރިކޮށް ރަޝިއާއިން ހުޅަނގަށް ތެޔޮ ފޮނުވަމުން ދިޔައިރު އެ ހާދިސާއަކީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިއާއަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް ރަޝިއާއިން ގަބޫލު ކުރެ އެވެ. -- އަލް އަރަބިއްޔާ
ކުޅުދުއްފުށީގައި ނަފުސާނީ ދުޅަހެޔޮކަމަށް ހާއްސަ މަރުކަޒެއް
3 މީހުން އަރުވައިގެން ސައިކަލް ދުއްވީ ބަންދު އަމުރު އޮތް މީހެއް
އެކަނިވެރި މައިންގެ އެހީ ޕްރޮގްރާމުން 84 މީހުން އުނިކޮށްފި