އިންޑިއާގެ ގާޒިއާބާދަށް ނިސްބަތްވާ ޒުވާނަކު އަމިއްލައަށް މަރުވާން އުޅުނު މަންޒަރު ފޭސްބުކް ލައިވް ކުރަނިކޮށް ފުލުހުން އޭނާ ހުއްޓުވައިފި އެވެ.

އުމުރުން 23 އަހަރުގެ އަބޭ ޝުކްލާ ކިޔާ އެޒުވާނާ އަމިއްލައަށް މަރުވާން އުޅޭކަން އެ ސަރަހައްދުގެ ފުލުހުންނަށް އަންގާފައިވަނީ ފޭސްބުކް ހިންގާ މެޓާއިން އީމެއިލު މެދުވެރިކޮށެވެ.

އެލާޓް ލިބުމާއެކު ފުލުހުން ވަނީ 15 މިނެޓު ތެރޭގައި އަބޭ ދިރިއުޅޭ ގެއަަށް ގޮސް އޭނާ ދަން ޖެހުމުގެ ކުރިން އެކަން ހުއްޓުވާފަ އެވެ.

އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވަނީ ވިޔަފާރީގައި 90،000 އިންޑިއަން ރުޕީސްގެ ގެއްލުމެއް ލިބުމުން ކަމަށް އެ ސަރަހައްދުގެ ފްލުހުން ބުނެފައިވެ އެވެ.

މިދިޔަ އަހަރުވެސް އިންޑިއާގެ ގުވާހަޓީއަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނަކު ވަނީ އޭނާ ކައިވެނި ކުރަން އުޅޭ އަންހެން ކުއްޖީ ކައިވެންޏަށް އިންކާރު ކުރުމުން ފޭސްބުކް ލައިވްގައި އަމިއްލައަށް މަރުވެފަ އެވެ.

އެއާއެކު އިންޑިއާގެ ފުލުހުން ވަނީ މިފަދަ ހާދިސާތައް އަންގައިދިނުމަށް މެޓާއާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ.