ސޯލް (24 ޑިސެމްބަރު) - ސައުތުރު ކޮރެއާއިން އެ ގައުމުގެ 46 މިލިއަން މީހުންނަށް ވެކްސިން ޖެހުމުގެ ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ސައުތު ކޮރެއާގެ ބޮޑުވަޒީރު ޗަންގް ސެ ކުޔުން ވިދާޅުވީ ކޮވިޑް ވެކްސިން އުފައްދާ ކުންފުނިތަކާއެކު ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވުން ހަދާފައިވާ ކަމަށެވެ. މީގެ ތެރޭގައި ފައިޒާއިން 10 މިލިއަން ވެކްސިން ޑޯޒް، ޖޯންސަން އެންޑް ޖޯންސަން އިން ހަ މިލިއަން ވެކްސިން ޑޯޒް، އެސްޓްރާ ޒެނެކާ އިން 10 މިލިއަން ވެކްސިން ޑޯޒް، މޮޑާނާއިން 10 މިލިއަން ވެކްސިން ޑޯޒް އަދި އޭގެ އިތުރުން ޑަބްލިއުއެޗްއޯގެ ކޯވެކްސް ޕްރޮގްރާމް ތެރެއިން 10 މިލިއަން ވެކްސިން ޑޯޒް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ..

ސައުތު ކޮރެއާގެ ސޮސައިޓީ އޮފް ހެލްތް އިން ލަފާކުރާ ގޮތުގައި އެންމެ ލަސްވެގެން އަންނަ އަހަރު ފެބްރުއަރީ އެކެއްގައި އެ ގައުމުގެ ރައްޔަތުންނަށް ވެކްސިން ދިނުމުގެ ބިޔަ ޕްރޮގްރާމް ފެށޭނެ އެވެ.

ކޮވިޑް ރޯގާ ޖެހިގެން ސައުތު ކޮރެއާއިން ވަނީ 53،533 މީހުން ރިޕޯޓްކޮށްފަ އެވެ. އަދި މި ރޯގާ ޖެހިގެން 756 މީހުން ވަނީ މަރުވެފަ އެވެ. – ޔޫޕީއައި