މަޝްހޫރު "ކައިލީ ކޮސްމެޓިކްސް"ގެ މިލްކުވެރިޔާ އަދި ރިއަލިޓީ ތަރި، ކައިލީ ޖެނާ، އޭނާގެ އަމިއްލަ ގެއެއް ބިނާކުރަން ފަށައިފި އެވެ.

ކައިލީ އާއި އޭނާގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓް ވަކިވުމަށްފަހު އެދެމީހުންވެސް ވަނީ ދެމީހުންގެ މިލްކުގައިވާ ގެކަމަށްވާ "ބެވާލީ ހިލްސް ހޯމް" ވިއްކާލަން ނިންމާފަ އެވެ. 2018 ވަނަ އަހަރު އެދެމީހުން މިލްކު ކުރި އެ ގެ ވިއްކާލަން ނިންމާފައިވަނީ 22 މިލިއަން ޑޮލަރަށެވެ.

އެގެ ވިއްކާލުމަށްފަހު އައު ގެއެއް އިމާރާތްކުރާއިރު، ކައިލީ އޭނާގެ ގެ އަޅަން ނިންމާފައިވަނީ އޭނާގެ ދައްތަ ކޯޓްނީ ކާޑޭޝިއަން އާއި މަންމަ ކްރިސް ޖެނާ އުޅޭ ސަރަހައްދުގަ އެވެ.

24 ގަޑިއިރު ސެކިއުރިޓީ ހުންނަ ގޮތަށް އިމާރާތްކުރާ މި ގޭގައި ކުޅިވަރު ކުޅޭނެ ބޮޑު ސަރަހައްދަކާއި ފެތުމަށް ހާއްސަލ ޕޫލެއް ބަހައްޓަން ކައިލީ ވަނީ ނިންމާފަ އެވެ. އަދި ގޭގައި 12 ކާރަށް ޕާކުކުރެވޭނެ ގަރާޖެއް ބަހައްޓަންވެސް އޭނާ ނިންމާފައިވެ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކައިލީ އޭނާގެ ގެ އަގުބޮޑުކޮށް ވިއްކާލީ ޓްރެވިސްއާ ވަކިވާން ޖެހުމުންނެވެ. އެހެންނަމަވެސް އޭނާ މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.