ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ކުރީގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި އާންމުވާން ފަށައިފި އެވެ.
ކުލަ ނެތް އެ ފޮޓޯ އަކީ އަމީތާބު މީގެ އެތައް އަހަރުތަކެއް ކުރިން ފިލްމީ ދައުރުގައި މަސައްކަތް ކުރި އިރު ނަގާފައިވާ ފޮޓޯއެކެވެ. އަދި އެ ފޮޓޯގައި އޭނާ ކޯޓެއްލައި، ޓައީ އަޅައިގެން ހުންނަ މަންޒަރު ފެނެ އެވެ.
މި ފޮޓޯ އަމިތާބު އޭނާގެ ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާއިރު، ފޭނުން ދަނީ އަމީތާބުގެ ފޮޓޯއަށް ތައުރީފުކުރަމުންނެވެ. އަދި އެ ފޮޓޯގައި އޭނާ ވަރަށް ރީތިކަމަށް ދައްކާކަމަށް އާންމުން ބުނެފައިވެ އެވެ.
އެގޮތުން ގިނަ ބަޔަކު ބުނީ އަމީތާބާއި، އޭނާގެ ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަންއާ ވަރަށް ވައްތަރު ކަމަށެވެ. ފޮޓޯ އާންމު ކުރަމުން ކެޕްޝަންގައި އަމީތާބު ވަނީ މިއީ ވަރަށް ކުރީގެ ފޮޓޯއެއް ކަމަށް ބުނެފަ އެވެ.
ސައިތައްޓެއް ހިފައިގެން އިން އެފޮޓޯއާ ގުޅުވައި "ސައިބޯނަންތޯ" ވެސް އަހާފައިވެ އެވެ. އަމީތާބުގެ މި ޕޯސްޓަށް ބޮލީވުޑްގެ މަޝްހޫރު ތަރިންވެސް ކޮމެންޓު ކޮށްފައިވެ އެވެ.
ދަންވަރު ހޭލާ އުޅޭނަމަ ހިތުގެ ބަލިތަކަށް މަގުފަހިވޭ: ދިރާސާ
ގްރޭޓާ މާލޭގެ އިހްތިސޯސް ކައުންސިލާ ހަވާލުކުރަން ގޮވާލައްވައިފި
މާލޭގެ ޑެޕިއުޓީ މޭޔަރަކަށް އެމްޑީޕީ ފަރާތުން މީކާއީލް
