ބޮލީވުޑްގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ތަރި ރަންބީރަށް މަރުމަތިން ހަނދާންކޮށްފިން ސުވާލު ހާމަކޮށްފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު 14 ވަނަ ދުވަހު ރަންބީރު އޭނާގެ ލޯބިވެރިޔާއާ ކައިވެނިކޮށްފައިވާއިރު، އެދެމީހުންނަށް އަންހެން ކުއްޖަކު ލިބުނީ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. އަދި ދަރިފުޅަށް އާލިއާ އާއި ރަންބީރު ނަންދިނީ "ރަހާ" ގެ ނަމުންނެވެ.

އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމާއެކު، އަލަށް ބައްޕައަކަށް ވުމުން ކުރެވޭ އިހުސާސްތަކާއި މެދު އާންމުން ރަންބީރުއާ ފަހަކަށް އައިސް ސުވާލުކުރަމުންދެ އެވެ. އެހެންނަމަވެސް އޭނާއަށް ކުރި ސުވާލުތަކުގެ ތެރެއިން އެންމެ ބޮޑަށް ބިރުގަންދުވާލީ އޭނާއަށް އަމާޒުވި އެއް ސުވާލަކުންނެވެ.

އެގޮތުން ރަންބީރުގެ އެކައުންޓެންޓު ވަނީ ދަރިފުޅު ރަހާއަށް ކުރާނެ އެއްވެސް ވަޞިއްޔަތެއް އެބޮތްތޯ ރަންބީރުގެ ގާތުގައި އަހާފަ އެވެ. މި ސުވާލަށް ރަންބީރު ރައްދުދީފައިވާއިރު، އޭނާ ބުނީ، ވަޞިއްޔަތް ދިނުމަށް އަދި "މާ އަވަސް" ކަމަށެވެ. ހަމައެހެންމެ އެ ސުވާލުގެ ސަބަބުން އޭނާއަށް އޭނާގެ މަރުގެ މަތިން ހަނދާންކޮށްދިން ކަން ފާހަގަކޮށްފައިވާއިރު، އެކަމަކީ އޭނާއަށް އިންތިހާއަށް ބިރުވެރިކަން ގެނުވައިދިން ކަމެއް ކަމަށް ރަންބީރު ބުނެފައިވެ އެވެ.

އާއިލާ އާއި ރަންބީރު އަންނަނީ މައިންބަފައިންގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އާލިއާ ވަނީ އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރާނެ ގޮތާ މެދުވެސް ވާހަކަ ދައްކާފަ އެވެ. އާލިއާއާއި ރަންބީރު ބުނަނީ އެމީހުން ދަރިފުޅު ބަލަހައްޓާނީ އިތުރު މީހަކާ ހަވާލުނުކޮށް ދެ މީހުން އަމިއްލައަށް ކަމަށެވެ.