ބަންގްލަދޭޝްގެ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޖަލަށްލާފައިވާ ފުލުސް އޮފިސަރުގެ އަދަބު ހައިކޯޓުން ލުއިކޮށްދީފި އެވެ.

އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ޖަލަށް ލާފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އެވެ.

އޭނާއަށް އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 22 ގަ އެވެ.

މިމައްސަލަ ހައިކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފް ކޮށްފައި ވާތީ މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ހުކުމުން ހައިކޯޓުން މިއަދު ވަނީ ފަނޑިޔާރުންގެ އިއްތިފާގުން އޭނާގެ ޖަލު ހުކުމުން ދެ މަހާއި 12 ދުވަސް އުނިކޮށްފަ އެވެ.

ބަންގްލަދޭޝްގެ އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ސިޔާސީ ބަޔަކު ވެސް ހައްޔަރު ކޮޮށްފައިވެ އެވެ.