ބޮލީވުޑްގެ މަޝްހޫރު ތަރީ ސުޝްމިތާ ސެންއަށް ހާޓްއެޓޭކްއެއް ޖެހި ފަރުވާ ހޯދި ހަބަރު އިވުނީ މިމަހުގެ ކުރީކޮޅުގަ އެވެ. އޭގެ ހަފްތާއެއްހާ ދުވަސް ފަހުން އޭނާ މިވަނީ އަނބުރާ ކަސްރަތަށް ނުކުމެފަ އެވެ.
ސުސްމިތާއަށް ހާޓްއެޓޭކެއް ޖެހި ހިތަށް ސްޓަންޓެއް ލައްވާފައިވާކަން އޭނާ ހާމަކުރީ އިންސްގްރާމް މެދުވެރިކޮށެވެ. ފަރުވާ ހޯދުމަށްފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް މިއީ އޭނާ އެންމެ ކުރާ ހިތްވާ ކަަމުން ދުރުކުރުވާނެ ކަމެއް ނޫންކަން ސުޝްމިތާ މިވަނީ ދައްކުވައިދީފަ އެވެ. ހާޓް އެޓޭކްގެ ކުރިން ވެސް އޭނާއަކީ ކަސްރަތު ކުރަން ލޯބިކުރި ފަންނާނެކެވެ.
އެގޮތުން ހާޓްއެޓޭކެއް ޖެހުނުތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުން އޭނާ މިވަނީ އަނބުރާ ޖިމްއަށް ނުކުމެފަ އެވެ. ކަސްރަތުގެ ފޮޓޯއެއް ހިއްސާ ކުރަމުން އޭނާ ބުނީ ކަސްރަތު ކުރަން ފެށުމުން ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ.
މީގެ ކުރިން އޭނާގެ ސިއްހަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސުޝްމިތާ ބުނެފައިވަނީ ހިތުގެ %95 ޕަސެންޓް ބްލޮކްވި ހާޓްއެޓޭކަކުން ސަލާމަތްވީ ދިރިއުޅުމުގެ އާދަތައް ބެހެއްޓި ގޮތުން ކަމަށެވެ.
އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ސުޝްމިތާ އިތުރަށް ބުނީ ރަނގަޅު އާދަތައް ދިރިއުޅުމުގައި ގެންގުޅުމަކީ އެންމެ ނުރައްކާތެރި ހާލަތްތަކުން ވެސް މިީހާ ސަލާމަތް ކޮށްދޭނެ ކަމެއް ކަމަށެވެ.