މާޗް މަހުގެ އަށްވަނަ ދުވަހު ސިނަމާ ތަކަށް ނުކުތް ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫތީ މޭ މައްކާރު"އަށް ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެ ތައުރީފު ދަނީ ލިބެމުންނެވެ.

އެގޮތުން ބޮލީވުޑްގެ ސުޕަސްޓާރު ރިތިކް ރޯޝަން ވެސް މިވަނީ އެ ފިލްމު ބެލުމަށްފަހު އޭގެ ތަޖުރިބާ އޭނާގެ ޓްވިޓާ އެކައުންޓްގައި ހިއްސާ ކޮށްފަ އެވެ.

"ތޫ ޖޫތީ މޭ މައްކާރު ވަރަށް ރީތި، މިކަހަލަ ފިލްމެއް ހެދުމަކީ އުނދަގޫ ކަމެއް. މުޅި ޓީމަށް މަރުހަބާ" ރިތިކް އޭނާގެ ޓްވީޓުގައި ބުނެފައިވެ އެވެ.

ފިލްމުގެ މަސައްކަތުގެ އިތުރުން ރިތިކްގެ ތައުރީފު ލިބުނު އަނެއް ކަމަކީ އެ ފިލްމުގެ ލީޑު ރޯލުން ފެންނަ ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރުގެ ޖޯޑެވެ.

އެގޮތުން ފިލުމުގައި އެ ދެތަރިންގެ ކެމިސްޓްރީ ވަރަށް ގުޅޭ ކަމަށާއި ދެ ތަރިންގެ މަސައްކަތް ވެސް ފާހަގަ ކރަންޖެހޭ ވަރަށް ރަނގަޅު ކަމަށް ވެސް ރަންބީރު ބުނެފައިވެ އެވެ.

ރިތިކްގެ ޓްވީޓާއެކު ގިނަ ބަޔަކު އަންނަނީ އޭނާގެ ހިތްތިރި ކަމަށްޓަކައި ރިތިކްއަށްވެސް ތައުރީފް ކުރަމުންނެވެ. އެގޮތުން ހަސަދަވެރިކަމެއް ނެތި އެހެން އެކްޓަރެއްގެ މަސައްކަތް ފާހަގަ ކުރުމަކީ މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް މީހުން ބުނެ އެވެ.

ރިތިކްގެ މަސައްކަތްތަކަށް ބަލާއިރު ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ ސިދްހާތު އަނަންދުގެ ފިލްމު ފައިޓާއިން ބަތަލާ ދީޕިކާއާއެކުގަ އެވެ.