ބޮލީވުޑްގެ މަޝްހޫރުތަރިން ކަމަށްވާ ޑިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފްއެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
މި ދެތަރިންގެ ދެމެދުގައި ހާއްސާގުޅުމެއް އޮންނަ ކަމަށް މިހާތަނަށް ވެސް އެއްބަސްވެފައިނުވާއިރު އެކުގައި ހޭދަކުރާ ވަގުތު ތަކާއި އެކުގައި ކުރާ ދަތުރުތަކުން އެ ދެމީހުން އެކުގައި ވަގުތު ހޭދަކުރުމަށް ލޯބިކުރާކަން ހާމަވެގެންދެ އެވެ.
ދެ ތަރިން ވެސް އަންނަނީ މި ދަތުރުގެ ވީޑިއޯ ތަކާއި ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.
މި ދެ ތަރިންގެ އިތުރުން ވެސް ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ދާދި ފަހުން އައިސްފައިވެ އެވެ.
ފަހަކަށް އައިސް ރާއްޖެ ވެފައި ވަނީ އިންޑިއާގެ ފިލްމީ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލަކަށެވެ.