ބޮލީވުޑްގެ މަޝްހޫރު ދެތެރިން ކަމަށްވާ ސައިފް އަލީ ޚާންއާއި ކަރީނާ ކަޕޫރު އެދެމީހުންގެ ދަރިންނާއެކު ދެކުނު އެފްރިކާގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ސައިފްއާއި ކަރީނާ ދަރިން ތައިމޫރް އަދި ޖެހް އަލީ ޚާންއާއެކު އެފްރިކާގައި ހޭދަ ކުރަމުން އަންނަ ޗުއްޓީގެ ފޮޓޯތައް ކަރީނާގެ ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ.

އެ ފޮޓޯތަކުގައި އެދެމަފިރިން ދަރިންނާއެކު އެފްރިކާގެ ސަހަރާތަކުގައި އުޅޭ މަންޒަރު ފެނެ އެވެ. އަދި ޗުއްޓީގެ ތެރެއިން ކުރާ ކަންތައް ވެސް ފެނެ އެވެ.

ސައިފްއާއި ކަރީނާ ކައިވެނިކުރީ 2012 އަހަރު އެވެ. އެކައިވެންޏަށް ދެކުދިން ލިބިފައިވާއިރު އެއާއިލާގެ ކަންކަމަކީ އިންޑިއާގެ މީޑިއާތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަންކަމެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އާމިރް ހާންއާއެކު ލާލް ސިންހް ޗައްދާއިންނެވެ. އޭނާގެ ކުރިއަށް ވެސް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.

ސައިފް އެންމެ ފަހުން ފެނުނީ ރިތިކް ރޯޝަންއާއެކު ވިކްރަމް ވޭދާއިންނެވެ. އޭނާ ދެން ފެނިގެންދާނީ ޕްރަބާސްއާއި ކްރިތީ ސެނަންއާއެކު އަދިޕުރުޝް ކިޔާ ފިލްމަކުންނެވެ.