ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭގެ މަޝްހޫރު "ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް" ހިންގާ ބިން އެ ކުންފުނީގެ ބެލުމުގެ ދަށަށް ގެންގޮސް، އެކަން އާންމުކޮށް އިއުލާންކޮށްފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުން ބާތިލްކޮށް، ހުޅުމާލޭގެ ލޮޓް ނަމްބަރު 10877 ގައިވާ އެ ބިން މިއަދުން ފެށިގެން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބިމުގައި ސޮލާރިސް ހޮސްޕިޓަލިޓީއަށް އެއްވެސް ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތެއް ނުވަތަ ހިދުމަތެއް ނުދެވޭނެ އެވެ.
އެޗްޑީސީގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އެ ކުންފުންޏަށް ސޮލާރިސްއިން މިހާތަނަށް ފަސް މިލިއަނެއްހާ ރުފިޔާ ދައްކަންޖެހެ އެވެ. އަދި އެއްބަސްވުމުގެ ދަށުން ސީއެސްއާރުގެ ގޮތުގައި ކުރަންޖެހޭ އެއްވެސް ކަމެއްވެސް ކޮށްފައި ނުވާކަމަށާއި، ފެށުނީއްސުރެ ގަވާއިދުން ކުލި ދައްކާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެޗްޑީސީން ބުނީ، އެއްބަސްވުން ބާތިލްކުރީ ކުލި ދެއްކުމަށް އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި ގިނަ ފުރުސަތުތަކެއް ދިނުމަށްފަހު، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާ ވެސް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުން ކަމަށާއި، މިފަދަ ފިޔަވަޅެއް އެޅީ ދެވޭނެ އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށްފަހު ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ނަޝީދުގެ ވިސްނުމަށް ގައުމީ މަޖިލީހުން ރުހުމެއް ނުލިބުނު!
ޖޭއެސްސީ ޖަވާބުދާރީކުރުވަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ވިލާ އެއާގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިލްވާން އަވަހާރަވެއްޖެ