މަޝްހޫރު ހިންދީ ތަރި ހީނާ ޚާން އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.
ސޯޝަލްމީޑިއާގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރާ ފޮޓޯތައް އާންމުކުރަމުން ހީނާ ބުނީ، މިއީ އޭނާގެ ފުރަތަމަ އުމްރާ ކަމަށެވެ.
ހީނާ ބުނިގޮތުގައި އުމްރާ އަދާކުރީ އޭނާގެ މަންމަ އާއި ފިރިހެން ކޮއްކޮއާ އެކުގަ އެވެ. އަދި އަޅުކަމަށްފަހު ފުރުމުގެ ކަންކަމަށް ތައްޔާރުވަމުންދާކަމަށް އޭނާ ސޯޝަލްމީޑިއާގައި ބުނެފައިވެ އެވެ.
ހީނާ އާންމުކުރި ފޮޓޯތަކުގައި، މައްކާއަށް ޒިޔާރާތް ކުރުމަށްފަހު އަނބުރައި އަލްވަދާއު ކިޔަން ޖެހުމަކީ އިންތިހާއަށް ދަތިކަމެއް ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ. އަދި އަނބުރައި އަންނަން ގަސްތުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
ހީނާގެ އިތުރުން މި އަހަރުގައި އެހެނިހެން މުސްލިމް ޓީވީ އެކްޓަރުން ވެސް އުމްރާ އަދާކޮށްފައިވެ އެވެ.
އޭގެ ތެރޭގައި އަލީ ގޯނީ އާއި އާސިމް ރިޔާޒް އާއި ސަނާ ޚާންގެ އިތުރުން ޖަންނަތު ޒުބައިރު އާއި ގައުހަރް ޚާން ހިމެނެ އެވެ.
މީޑިއާތަކަށް ފިޔަވަޅު އެޅުމާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
ވިސާގެ މައްސަލައިގަ ފީފާގެ ބައްދަލުވުމުގައި އީރާނުން ބައިވެރިނުވި
