ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ސަލްމާން ޚާން ނޭނގޭނެ މީހަކު ނުހުންނާނެ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އޭނާގެ ހުނަރުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު، އިންޑިއާގައި ލޯބިން ސަލްމާނަށް ގޮވައި އުޅޭ ނަމަކީ "ބާއީ" އެވެ. އެއީވެސް އޭނާއަށް އޮތް ލޯބި އަންގައިދޭ ކަމެކެވެ.

އޭގެ އިތުރުން ވެސް އާންމުންނަށް އެހީވުމަށް ސަލްމާނު ކޮށްދީފައިވާ ކަންކަމަކީ ވެސް އެކަންކަމެއްގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ތައުރީފުގެ ބަސްތަކާއި ލޯތްބާއި ގަދަރު ލިބުނު ކަންތައްތަކެކެވެ.

އެގޮތުން މިފަދަ ކަމަކަށް އިޝާރާތްކުރަމުން ސަލްމާނާއެކު ފިލްމުތަކުގައި މަސައްކަތް ކުރި އައިޝާ ޖުލްކާ ވަނީ ސަލްމާނާ ގުޅޭ ބައެއް ވާހަކަތައް އާންމުންނާ ހިއްސާކޮށްފަ އެވެ. އޭނާ ބުނިގޮތުގައި ސަލްމާނު ވަރަށް ގިނައިން ދަންވަރު ތެދުވެ، މަގުމަތީގައި ނިދާފައި އޮންނަ ސަލާންޖަހާ، ނިކަމެތި މީހުން ހޯދަ އެވެ.

އާއިޝާ އިތުރަށް ބުނިގޮތުގައި ސަލްމާނު، ކޮންމެ ފިލްމެއްގެ ޝޫޓިން ނިންމުމަށްފަހު، ސެޓުގައި ހުންނަ ބޭނުން ނުކުރާ ހުރިހާ ކާތަކެތި ކޮތަޅަކަށް އަޅައިގެން ސަލާންޖަހާ ނިކަމެތި މީހުންނަށް ދޭން، ގެންދެ އެވެ.

އާއިޝާ ބުނިގޮތުގަައި މިއީ އިންސާނިއްޔަތަށްޓަކައި ސަލްމާނު ކުރާ ކަމެކެވެ. އަދި އެފަދަ ނިކަމެތިންނަށް ރަހުމުކުރާ މިންވަރު އަންގައިދޭ ކަމެކެވެ.

ސަލްމާނާއި އާއިޝާ އެކީގައި މަސައްކަތް ކޮށްފައިވަނީ 1991 ވަނަ އަހަރު ނެރުނު ފިލްމު "ކުރްބާން"ގަ އެވެ. އެއަށްފަހު އެދެ ތަރިންނަކީ ގާތް ރަހުމަތްތެރިންނެވެ.