މާލޭގެ މަގުމަތީގައި އާންމުންނަށް އުނދަގޫ ކުރާ މީހުންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެފަދަ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ނިޒާމީ ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދި ހެލްތު މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހެލްތު މިނިސްޓަރު ގީލާ އަލީއަށް ފޮނުއްވި ސިޓީއެއްގައި މިކަމަށް އެދިވަޑައިގެންފައި ވަނީ، ކަށިމާ ހިނގުމާއި ދޫހިމެރި މަގު ސަރަހައްދުގައި އާންމު އުނދަގޫ ކުރާ މީހެއްގެ މައްސަލައިގައި ފުލުހުންގެ އިދާރާ ކުރިމަތީގައި ޒިންމާދާރު މަގާމުތަކެއް ފުރުއްވަމުން ގެންދަވާ މުހައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައިވަނިކޮށެވެ.
މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި، އެ މީހާގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނާއި މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނަށް ކުރިމަތިވާ އުނދަގޫތަކަކީ އޭނާ ވެސް އަމިއްލައަށް ތަޖުރިބާ ކުރައްވަމުންދާ ކަމެކެވެ. ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއެކު މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި މުއާމަލާތު ކުރެވިފައިވީ ނަމަވެސް، މިހާތަނަށް ދާއިމީ ހައްލެއް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ ރައްޔިތަކަށް ވެސް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި، ސާފު އަދި ރައްކާތެރި މާހައުލެއް ލިބުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކުގައި މިފަދަ ހާލާތްތަކުގައި ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ އިންތިޒާމީ ނިޒާމެއް އޮންނަކަން ފާހަގަކުރައްވައި، ރާއްޖޭގައި ވެސް މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލު ބަދަލުކުރަންޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ.
އާންމު އުނދަގޫ ކުރާ މީހުންގެ މައްސަލައަކީ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ސީދާ ގުޅިފައިވާ މައްސަލައަކަށްވާތީ، ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުން އޮތް މި ކަމުގައި ކަމާބެހޭ ވުޒާރާތަކުން ލަސްނުކޮށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.
މަޝްހޫރު ފަންނާނުންނާއެކު އަބޫދާބީގައި މިއުޒިކް ފެސްޓިވަލެއް!
ކޮންމެ ދުވަހަކު ފިނި ފެނުން ފެންވެރުމުން މެޓަބޮލިޒަމް ރަނގަޅުވޭ؟
އާންމު އުނދަގުލަކަށްވި މީހެއްގެ މައްސަލަ ނުބެލުމުން ހަޅުތާލަކަށް