އެއްގޮތަކަށްވެސް ކުލި ނުދައްކައިގެން ފްލެޓް ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެންގި ދެ އެޕާޓްމަންޓުން، އެ އެންގުމާ ގުޅިގެން މިހާރު ކުލި ދައްކަން ފަށައިފި އެވެ.
މިކަން ކަށަވަރުކޮށްދެއްވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ހުސްކުރަން އެންގި ދެ އެޕާޓްމަންޓަކީ ތަނާ ހަވާލުވި ފަހުން އެއްވެސް ވަރަކަށް ކުލި ދައްކާފައި ނުވާ ދެ ތަން ކަމަށެވެ. ނަމަވެސް، އެ ތަންތަން ހުސްކުރުމަށް އެންގުމާ ގުޅިގެން، ކުއްޔަށް ދައްކަންޖެހޭ ފައިސާ އެ ފަރާތްތަކުން މިހާރު ދައްކަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ކުލި ނުދައްކައިގެން ނޯޓިސް ދީފައިވާ އެހެން އެޕާޓްމަންޓުތަކުން ވެސް ފައިސާ ދެއްކުމަށް ކަންކަން ހަމަޖައްސާނެ ގޮތުގެ މައުލޫމާތު ހޯދުމަށް އެދި ކުންފުންޏަށް ހުށަހަޅަމުން އަންނަ ކަމަށް ހަމްދާން ފާހަގަކުރެއްވި އެވެ.
އެފްޑީސީން ކުރިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "އަމާން" ޓަވަރުތަކުގެ ފްލެޓްތަކުން ފިޔަވަޅު އަޅާފައިވަނީ އެއްބަސްވުމުގައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން، ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ މުއްދަތެއް ދީ، ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވައި، އަދި އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސްވެސް ވަނީ ދީފަ އެވެ.
ނަމަވެސް، އެކަށީގެންވާ ފުރުސަތު ދިނުމުން ވެސް ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިޓުތައް ހުސްކުރަން އެ ކޯޕަރޭޝަނުން އަންގާފައިވެ އެވެ. އެފްޑީސީން ބުނީ މިއީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއެކު އުސޫލުތައް ތަންފީޒުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނަޖީބު ގެއަށް ބަދަލުކުރުމަށް ހުރަސްނާޅަން ރަސްގެފާނު އަންގަވައިފި
ނަޖީބުގެ މައްސަލަ: އޭޖީ ރަސްގެފާނާ ބައްދަލުކުރަން އެދިއްޖެ
ދުނިޔޭގެ އެންމެ ތަގައްޔަރުވެފައިވާ ތަނަކަށް ނިއު ދިއްލީ ވެއްޖެ