ހޮލީވުޑްގެ ސެލީނާ ގޯމޭޒް އާއި މޮޑެލް ކައިލީ ޖެނައި ފަހަތަށް ޖައްސާލައި އެންމެ މުއްސަނދި ބިއުޓީ ބްރޭންޑްތައް ގެންގުޅޭ ސެލެބްރިޓީންގެ ލިސްޓުގައި ޕްރިޔަންކާ ކުރިއަށް ޖެހިލައިފި އެވެ.

ޕްރިޔަންކާގެ "އެނޯމަލީ" ބިއުޓީ ބްރޭންޑަކީ 2023 ވަނަ އަހަރުގެ ދެވަނައަށް އެންމެ މުއްސަނދި ސެލެބްރިޓީ ބިއުޓީ ބްރޭންޑް ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ.

އެމެރިކާގެ ކޮސްމެޓިފައިއިން ނެރުނު އެންމެ ރަނގަޅު ސެލެބްރިޓީ ބިއުޓީ ބްރޭންޑްތަކުގެ ލިސްޓަކީ އެ ބްރޭންޑެއްގެ އަހަރީ އާމްދަނީއަށް ބަލައި ނެރޭ ލިސްޓެކެވެ.

މި ލިސްޓުގެ އެންމެ ކުރީގައި 477.2 މިލިއަން ޕައުންޑްގެ އާމްދަނީއަކާއެކު ރިހާނާގެ "ފެންޓީ ބިއުޓީ" އުޅޭއިރު ދެވަނައިގައި ޕްރިޔަންކާގެ "އެނޯމަލީ" އުޅެނީ 429.9 މިލިއަން ޕައުންޑްގެ އާމްދަނީއަކާއެކުގަ އެވެ.

މިފަހުން ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ އޭނާ ކޮސްމެޓިކް ވިޔަފާރީގެ ދުނިޔެއަށް ނުކުމެފައިވާ ކަމަށާއި މިހާތަނަށް ލިބެމުން އަންނަ ތަރުހީބު ވަރަށް ރަނގަޅު ކަމަށެވެ.

ޕްރިޔަންކާއަށް މި ލަގަބު ލިބިފައި މިވަނީ ބޮލީވުޑާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަތަކާއެކު ހޫނުފެނަށް ވެއްޓިފައި އޮތް ދަނޑިވަޅެއްގަ އެވެ. ބޮލީވުޑްއަކީ ކޮރަޕްޓް އިންޑަސްޓްރީއެއް ކަމަށް ޕްރިޔަންކާ ބުނެފައިވެ އެވެ.