ބޮލީވުޑްގައި އަދިވެސް އެންމެ މަގުބޫލު ބަތަލާއިން ތެރޭގައި ހިމެނޭ މަދޫރީ ޑިކްސިޓް އުފަންވެފައި ވަނީ 15 މޭ 1967ގައި އިންޑިއާގެ މަރާޓީ އާއިލާއަކަށެވެ.

މަދުރީއަކީ ކުޑައިރުވެސް ނެށުމަށް ސައުގުވެރިކަން ހުންނަ ފަރާތްތަކަށްވާއިރު ނެށުމުގެ ދާއިރާއިންވެސް ވަނީ ގިނަ ކާމިޔާބުތަކެއް ހޯދާފަ އެވެ. އޭނާގެ ނެށުމުގެ ހުނަރު އެތަކެއް ފިލްމުތަކުން ވަނީ ފެނިގެން ގޮސްފަ އެވެ.

މަދޫރީ ބޮލީވުޑަށް ތައާރަފްވެގެން ގޮސްފައި ވަނީ 1984 ވަނަ އަހަރު ނެރުނު "އަދޯދް" ފިލްމުންނެވެ.

އެފިލުމަށްފަހު މަދޫރީ ވަނީ ކާމިޔާބު އެތަކެއް ފިލުމެއް ކުޅެފަ އެވެ. ގިނަ އެވޯޑްތަކެއް ވެސް އޭނާ ވަނީ ފިލްމީ ދާއިރާއިން ހޯދާފަ އެވެ.

https://www.instagram.com/p/CqgGyq_v5mP/?hl=en

މަދޫރީ ކުޑައިރު ބޭނުންވީ ފިލްމީ ދާއިރާ ނޫން އެހެން ދާއިރާއަކުން ކުރިއަށްދާށެވެ. އެގޮތުން އޭނާ ވަނީ ޕާލޭ ކޮލެޖުން މަތީ ތައުލީމު ހާސިލު ކުރުމަށްފަހު މައިކްރޯ ބަޔޮލޮޖީ ދާއިރާއިން ޑިގްރީ ހާސިލުކޮށްފަ އެވެ. އަދި މަދޫރީ ބޭނުންވީ މައިކްރީ ބަޔޮލިޖިސްޓަކަށް ވާށެވެ.

އެހެން ނަމަވެސް މައިކްރޯ ބަޔޮލޮޖީ ދާއިރާއިން މަދޫރީ ފެނިގެން ނުދިޔަ ނަމަވެސް ބޮލީވުޑްގައި އޭނާ އަކީ އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. އެގޮތުން މަދޫރީ ކުޅެފައިވާ ފާހަގަ ކޮށްލެވޭ ފިލްމުތަކަށް ބަލާއިރު "ދިލް" އާއި "ހަމްއާޕްކޭހޭ ކޯން" އާއި "ބޭޓާ" އަދި "ސާޖަން" ހިމެނެ އެވެ.

https://www.youtube.com/watch?v=llGGSRJ5e58

މަދުރީ ކައިވެނިކޮށްފައިވަނީ 1996 ވަނަ އަހަރު އިންޑިއާގެ މަރާޓީ އާއިލާ އަކަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެއްގެ ގޮތުގައި އެތަނުގައި ދިރިއުޅޭ ސްރީރާމް މާދަވްނާނޭއާ އެވެ.

ކައިވެންޏާ ގުޅިގެން ފިލްމީ ހަޔާތުން ބްރޭކެއް ނެގުމަށްފަހު އޭނާ ދިރިއުޅުނީ ފިރިމީހާއާއެކު އެމެރިކާގަ އެވެ. އެކަމަކު އަނެއްކާ ވެސް 1997 ވަނަ އަހަރު ޔާޝްޗޯޕްރާގެ "ދިލްތޯޕާގަލް" އިން ވަނީ ފިލްމީ ދާއިރާއަށް އެބުރި އައިސްފަ އެވެ.

ފިރިމީހާ އާއި ދެދަރިންނާއެކު 2006 ގައި މުމްބާއީއަށް ބަދަލުވުމަށްފަހު ދިރިއުޅެމުން އަންނަނީ އިންޑިއާގަ އެވެ. އެ ދެމަފިރިންނަށް ލިބިފައި ވަނީ އަރީން މާޗް 2003، ރަޔާން 2008 އެވެ