އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހާޝް ލިމްބަޗިޔާއަށް ފުރަތަމަ ދަރިފުޅު ލަކްޝް ލިމްބަޗިޔާ ލިބިފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް އެވެ. ބާރްތީ މިވަނީ އޭނާ ދަރިފުޅުގެ ފަރާތުން ބޭނުންވާ ބައެއް ކަންތަކުގެ ވާހަކަ ދައްކާފަ އެވެ. ލަކްޝްގެ ފަރާތުން ފެންނަށް ބޭނުންވާ ކަންތައްތަކުގެ ވާހަކަ ދައްކާފައިވަނީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ޝޯ "ވަޓް ވުމެން ވޯންޓް" އެވެ.

މިޝޯގައި ވާހަކަ ދައްކަމުން ބާރްތީ ބުނީ ވަރަށް ގޮތްދޫ ނުކުރާ ދަރިއަކު އޭނާ ބޭނުންވާ ކަމަށެވެ. އަދި ބޭނުން ވަނީ ދަރިފުޅު ލަކްޝް ޝޮޕިން މޯލްއަކަށް ގޮސް އެންމެން ކުރިމަތީ ރޮއެ، ރުޅި ދައްކައި އޭނާ ލަދު ގަންނަވާލާ ގޮތަށް އުޅޭތަން ބަލަން ކަމަށެވެ.

https://www.youtube.com/watch?v=U6xB0pCceF8

މިޝޯގައި އިތުރަށް ވާހަކަ ދައްކަމުން ބާރްތީ ބުނީ އޭނާއަށް މިހާރު ފިރިހެން ކުއްޖެއް ލިބިފައިވާ ކަމަށާއި ދެން ބޭނުންވަނީ އަންހެން ކުއްޖެ ކަމަށެވެ. އޭނާ ވަނީ ބަނޑުގައި އަށަގަންނާނީ އަންހެން ކުއްޖެއް ކަން ކަށަވަރުވާނެ ފަދަ އިންޖެކްޝަނެއް ހުރި ނަމަ ބުނެ ދިނުމަށް ކަރީނާގެ ގާތުގައި އެދިފަ އެވެ.

ޖަވާބުގައި ކަރީނާ ބުނީ އޭނާގެ ހުންނަނީ ދެ ފިރިހެން ކުދިން ކަމަށާއި އެފަދަ އިންޖެކްޝަނެއްގެ މައުލޫމާތު ނޭނގޭ ކަމަށެވެ.

ބާރްތީ އާއި ފިރިމީހާ ހަރްޝް ލިމްބަޗިޔާ ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ.