ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ބޭނުންވާ ވޯޓު ކަރުދާސް ޗާޕުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން ޗާޕު ކުރީ ޖުމްލަ 3423 ވޯޓު ކަރުދާސް ކަމަށެވެ. ވޯޓް ކަރުދާސް ޗާޕްކޮށްފައި ވަނީ ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށެވެ.
ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންސްގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އެ ދާއިރާގެ ހުރިހާ ރަށެއްގެ އިތުރުން މާލޭގައި ކުރިއަށްދާނެ އެވެ. ގުރައިދޫގެ އިތުރުން އެ ދާއިރާގައި ހިމެނޭ ރަށްތަކަކީ ގުޅި މާފުއްޓެވެ.
އެ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަނީ މަރުހޫމް އިބްރާހީމް ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާ އެވެ. އިދިކޮޅު އެމްޑީޕީން ވާދަކުރައްވަނީ އިބްރާހިމް ޝާޒެވެ. އެމްއެންޕީން ވާދަކުރައްވަނީ އަލީ އަރީފެވެ.
ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ގާނޫނުއަސާސީގެ 78 މާއްދާގައި ބުނެފައިވާ ގޮތުން މަޖިލިސް މެންބަރެއްގެ ގޮނޑި ހުސްްވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަންޖެހެ އެވެ.
 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		 އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް އަނބުރާ ގެންގޮސްފި
			އަލްހާންގެ ތިން ބެއިންނަށް ކުރާ ދައުވާތައް އަނބުރާ ގެންގޮސްފި
		 ޕީއެންއެފްގެ ރައީސް ކަމަށް ޔާމީން، ނައިބުންނަށް ޒެއިން، ޖަމީލް
			ޕީއެންއެފްގެ ރައީސް ކަމަށް ޔާމީން، ނައިބުންނަށް ޒެއިން، ޖަމީލް
		
 
					 
					 
					 
					 
					 
					 
					 
					 
					 
					