މީގެ އަހަރުތަކެއް ކުރިން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ހިމެނުނު އެންމެ ކުޅަދާނަ އަދި އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނުނު އެކަކީ ޝާހިދު ކަޕޫރެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި، މަޝްހޫރު ވުމުން، ޝާހިދުގެ ފޭނުން ދަނީ އޭނާގެ މަސައްކަތުގެ މައުލޫމާތުތަކުގެ އިތުރުން ޒާތީ ކަންކަމުގެ މައުލޫމާތުތައްވެސް ހޯދަން މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޝާހިދު އޭނާގެ ޒާތީ ބައެއް ވާހަކަތައް އާންމުންނާއި ހިއްސާކުރި އިރު، އެކަމަކުން ދުރުނުވެވޭ ވަރު އާދައެއްގެ ވާހަކައެއް އާންމުން ގާތުގައި ބުނެފައިވެ އެވެ. އޭނާ ބުނިގޮތުގައި އެއީ ،ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.

ޝާހިދު ބުނިގޮތުގައި އެ އާދައާ ގާތްވެވުނީ، ކާމިޔާބީގެ ހަރުގަނޑު ގިރާ ކުރަމުން ދިޔައިރެވެ. އޭރު އޭނާ ދިޔައީ 2010 ވަނަ އަހަރު ނިކުތް 'މިލޭންގޭ މިލޭންގޭ' ގެ މަސައްކަތް ކުރަމުންނެވެ.

ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް މަސައްކަތް ކޮށްފައިވާއިރު، އެ އަހަރުތަކުގައި ދުންފަތާއި ދުރަށް ދެވޭތޯވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެކަމަށް ޝާހިދު ބުނެފައިވެ އެވެ. އެހެންނަމަވެސް އެކަމުން ދުރުވުން އެއީ އޭނާއަށް ކުރަން ދަތި ކަމަކަށް ވެފައިވާކަމަށް ޝާހިދު ބުންޏެވެ.