ރަމަޟާންމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 9,003,324.05 ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ. އެ މިނިސްޓްރީން ބުނީ މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 175،485 މީހުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 މީހުންގެ ތެރެއިން، މާލެ ސިޓީން 1736 މީހުންނަށް، ބޮލަކަށް 3450 ރުފިޔާގެ ރޭޓުން މިމަހުގެ 20 ވަނަ ދުވަހު އެ ފަރާތްތަކުގެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާކަމަށެވެ.
މިނިސްޓްރީން ބުނީ، ފިތުރު ޒަކާތް، މި ރޯދަ މަހު ގޮވާމުން ބަލައިގެންފައިވާއިރު އެ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައި ވަނީ ޖުމްލަ 12،989.3 ކިލޯ ކަމަށެވެ.
ފިތުރުޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް ބަހާ ނިންމާފައިވާ ކަަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެލްޖީއޭގެ މުވައްޒަފުން ސީވިލް ސާވިސްއަށް ބަދަލުކުރަން ފާސްކޮށްފި
ފަލާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރަން އައްބާސް ނިންމައިފި
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!