ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ފިލްމީ ދުނިޔެއަށް ނުކުމެ ފެނިލާ ފުރަތަމަ ފެނިލުމަށް ގިނަ ބަޔަކު އައީ އިންތިޒާރު ކުރަމުންނެވެ.
އެ އިންތިޒާރުތަކަށް ނިމުމެއް ގެންނަމުން އެންމެ ފަހުން އާރްޔަންގެ އެންމެ ފުރަތަމަ ފެނިލުން މިވަނީ އާއްމުންނާ ހިސާބަށް އައިސްފަ އެވެ.
ބޮލީވުޑްގެ ފިލްމުތަކުގައި ކެމެރާ ކުރިމަތިން މަސައްކަތް ކުރުމުގެ މާ ބޮޑު ޝައުގުވެރިކަމެއް އޭނާގެ ނެތަސް ކެމެރާގެ ފުރަގަހުގެ މަސައްކަތްތަކަށް އާރްޔަން ވަރަށް ފަރިތަ އެވެ.
އެގޮތުން އާރްޔަން ޑައިރެކްޓްކޮށް ނެރުނު ޑްޔަވޯލް ލަގްޒަރީ ސްޓްރީޓް ވެއާގެ އިސްތިހާރެއްގައި ފެނިގެންދަނީ އޭނާގެ ބައްޕަ ޝާހްރުކް ޚާން އެވެ. އސްތިހާރުގެ ވަކި ހިސާބަކުން ކެމެރާ ކުރިމަތިން ވެސް އާރްޔަން ފެނެ އެވެ.
ޝާހްރުކް ޚާންގެ އިންސްޓަގްރާމްގައި މި އިސްތިހާރު ހިއްސާކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އާރްޔަންގެ އެކްޓު ކުރުމުގެ ހުނަރަށް ވެސް ތައުރީފް ކުރަމުންނެވެ.
އާރްޔަންގެ އިތުރުން ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް އަންނަނީ ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރު ވަމުންނެވެ. އޭނާ ވަނީ އެކްޓިންގެ ދާއިރާއިން މަތީ ތައުލީމު ވެސް ހާސިލް ކޮށްފަ އެވެ.