އިންޑިޔާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތް ސިންގް މާދަމާ އިންޑިއާ ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް އެގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
އެމިނިސްޓްރީން ބުނީިގޮތުގައި ދިފާއީ ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަ އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީގެ އިތުރުން ޚާރިޖީ ވަޒީރު ޝާހިދުއާ ބައްދަލުކުރައްވާނެ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހުއާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުން ކުރިއަށްދާނެކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އިންޑިޔާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ ދިފާއީ ބާރަށް ޚާއްސަ ހަދިޔާތައް ދިނުމަށެވެ. އެގޮތުން ލޭންޑިން ކްރާފްޓަކާއި، ޕާސްޓް ޕެޓްރޯލް ވެސެލް ޝިޕްއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.
މި ދަތުރުފުޅުގައި އިންޑިއާއިން ރާއްޖޭގައި ކުރިއަށް ގެންދާ އެކި އެކި މަޝްރޫއުތައް މިނިސްޓަރު ރާޖްނާތް ބައްލަވާލާނެކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.