ފުރަތަމަ ސީޒަންގެ ކާމިޔާބީއަށް ފަހު ލަފްޒުގެ ދެވަނަ ސީޒަން ވީޑިއޯ ކްލަބުން ދައްކަން ފަށައިފި އެވެ.

މީޑިއާ ނެޓުން ބުނީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ "ދެކެދެކެ ވެސް ފިލްމް ޕްރޮޑަކްޝަން" އިން ޕްރޮޑިއުސްކޮށް މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަހުމަދު ނިމާލު ޑައިރެކްޓްކޮށްފައިވާ ސީރީޒަކީ ވީޑިއޯ ކްލަބްގެ ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ދިވެހި ސީރީޒްކަމަށެވެ.

މި ސީރީޒްގެ ލީޑް ރޯލުން ފެންނަނީ ކުރިއަރަމުން، މަގުބޫލުވަމުން އަންނަ ޒުވާން އަންހެންތަރި މަރިޔަމް ޝިފާ އެވެ. އޭނާއާ އެކު ފިރިހެން ލީޑުން ފެންނަނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ.

ވީޑިއޯ ކްލަބް މެދުވެރިކޮށް ލަފްޒުގެ ދެވަނަ ސީޒަން ބެލުމަށް ms.medianet.mv މެދުވެރިކޮށް ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކޮށްލެވޭނެ އެވެ. މީޑިއާ ނެޓްގެ މަލްޓި- ސްކްރީނަކީ މުނިފޫހިފިލުވުމަށް ހާއްސަ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހި ތަފާތު ސީރީޒްތަކާއި ޝޯތައް ބަލައިލެވޭނެ އެވެ. މަލްޓިސްކްރީނުން، ލައިވް ޓީވީގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ފިލްމާއި ސީރީޒް ވެސް ބަލައިލެވޭނެ އެވެ.

މީޑިއާ ނެޓުން އެމްއެސްޓީވީގެ އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފައިވާއިރު، އެ އެޕްލިކޭޝަން ފްލޭ ސްޓޯރުން އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީއަށް ޑައުންލޯޑު ކުރެވޭނެ އެވެ. މީޑިއާ ނެޓްގެ އެމްއެސްޓީވީ އެޕްލިކޭޝަން ބޭނުންކޮށްގެން ޓީވީން ވެސް މީޑިއާ ނެޓްގެ ޝޯތަކާއި ޑްރާމާތައް ބެލޭނެ އެވެ.