ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރެވޭ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކެމްބޯޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.
ކެމްބޯޑިއާ އިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ފެށީ ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު މި އަހަރުގެ ޖެނުއަރީ މަހު ސޮއިކުރި ވިސާ އެއްބަސްވުމުގެ ދަށުންނެވެ.
އެ ގައުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިން ނަމަވެސް، ދިގު މުއްދަތަށް ދަތުރުކުރާ މީހުންނާއި ވިޔަފާރި އަދި ތައުލީމު ހާސިލުކުރަން ދަތުރުކުރާ މީހުން ދުރާލާ ވިސާ ހޯދަން ޖެހެ އެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިސާ ނެތި ދިވެހިންނަށް ކެމްބޯޑިއާއަށް ދެވޭ ގޮތް ވުމަކީ ދެ ގައުމުގެ ހާރިޖީ ގުޅުން ވަރުގަދަވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވާނެ ކަމެކެވެ. އެކަމުގެ ސަބަބުން ރާއްޖެއަށާއި ކެމްބޯޑިއާއަށް ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރިން ވިސާ ނެގުމަކާ ނުލައި، 94 ގައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެ އެވެ.
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި
ސްޕެއިންގެ މޮޅާއެކު މިއާއަށް 1.65 މިލިއަން ޑޮލަރު ލިބިއްޖެ
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް އަމްޖަދު