މ. މުލިން ފުރައިގެން ދިޔަ ސީއެމްބިއުލާންސް އަކާއި މާލެއިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
އައިޖީއެމްއެޗްއިން މިއަދު ބުނީ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން 43 އަހަރުގެ ދިވެހި ފިރިހެނަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އިތުރު ދެ މީހުންނަށް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ރޭ 1:00 ހާއިރު މި އެކްސިޑެންޓް ހިނގާފައި ވަނީ މާލެ ކައިރީގައި އޮންނަ ވޯލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓު ކައިރިންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ސީއެެމްބިއުލާންސް ލޯންޗާ ޖެހި އެކްސިޑެންޓްވީ މާލެ އާއި ފ. ފީއައްޔާ ދެމެދު ދަތުރުކުރާ "ޑްރީމް" ނަަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ.
ސީއެމްބިއުލާންސްއިން ދަތުރު ކުރި އަށް މީހުންގެ ތެރެއިން ދެ މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ. އަދި ޑްރީމް ލޯންޗުން ދަތުރު ކުރި ދެ މީހުންގެ ތެރެއިން ލޯންޗް ކެޕްޓަންއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ކެންސަރު ރަނގަޅު ވުމަށްފަހު ވެސް ނުރައްކާ މުޅިން ނުފިލާ ސަބަބު!
މަސްތުވާތަކެތީގެ މައްސަލައެއްގައި 9 ބިދޭސީން ހައްޔަރުކޮށްފި
ހަތަރު މަސްތެރޭގެ މަސްވެރިންނަށް 14.5 މިލިއަން ރުފިޔާގެ ލޯނު
