ކޮންމެ އިންސާނެއްގެ ވެސް ބިރުގަންނަ ކަންތައްތަކެއް ހުރެދާނެ އެވެ. އެއީ ކިތަންމެ މަތީ މަގާމަކަށް ވާސިލްވެފައިވާ މީހަކު ވެސްމެ އެވެ.

އެގޮތުން ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ މަތީމަގާމު ހޯދާފައިވާ ދެ ތަރިން ކަމުގައިވާ ސަލްމާން ޚާން އާއި ޝާހްރުކް ޚާންއަކަށް ވެސް މި ލިސްޓުން ނަން ކަނޑުވައެއް ނުލެވުނެވެ.

އެގޮތުން އެންމެންގެ "ބާއީ" ސަލްމާންގެ ފޯބިއާ އަކީ ޗްލެތްރޯ ފޯބިއާ އެވެ. މިއީ ބަންދު ތަނެއްގައި ތާށިވެދާނެކަމުގެ ބިރުހީވުމެވެ. އެއާއެކު ލިފްޓު ފަދަ ތަންތަނާއި ބަންދުކޮށްފައި ހުންނަ ވައި ނުލިބޭ ފަަދަ ތަންތަނަކީ ސަލްމާނު އެންމެ ދާން ބޭނުންނުވާ ތަންތަނެވެ.

ހަމަ އެހެންމެ ޝާހުގެ ހުންނަނީ އެކުވައިނޯ ފޯބިއާ އެވެ. މިއީ އަސް ދެކެ ބިރުގަތުމެވެ. "ބާޒީގަރް" ފަދަ ފިލްމުތަކުގައި ޝާހު އަހަކަށް އަރައިގެން އުޅޭ ސީންތައް މީގެ ކުރިން ފެނިފައިވެ އެވެ.

ޝާހު އަސްދެކެ ބިރުގަންނަން ފެށީ އޭނާ ކުޅުނު ފިލްމު "ކަރަން އަރްޖުން"ގެ ޝޫޓިންގެ ތެރެއިން އަހަކަށް އަރައިގެން އުޅެނިކޮށް ވެއްޓި އަނިޔާވުމުން ކަމަށް އެނގިފައިވެ އެވެ. އަދި އެއަށްފަހު އަހަކަށް އަރައިގެން ކުޅޭ ސީންތައް ކުޅެން ޝާހު ފަސްޖެހޭ ކަމަށް ނޫސްތަކުން ބުނެ އެވެ.