މަތީގައި އެވާ ފޮޓޯއިން އެ ފެންނަ ކުޑަ ކުއްޖާ އަކީ ކާކުކަން އެނގޭ ހެއްޔެވެ؟ ނޭނގުނު ދޯ އެވެ؟ އެއީ ބޮލީވުޑްގެ މަޝްހޫރު ތަރި ދީޕިކާ ޕާޑުކޯން އެވެ.
އިއްޔެ އުފަންދުވަސް ފާހަގަކުރި ދީޕިކާ ވަނީ އިންސްޓަގްރާމްގައި އޭނާގެ ކުޑައިރުގެ ގިނަ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.
ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގު ވެސް އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައި ވަނީ ކުޑައިރުގެ ލޯބި ފޮޓޯއަކާ އެކު އެވެ.
ދީޕިކާއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކުޅަދާނަ، އެންމެ އަގުބޮޑު ތަރި އެވެ. އެންމެ އަވަަހަށް ދީޕިކާ ފެނިގެން ދާނީ ޝާހްރުކް ހާންއާއެކު "ޕަޓާން" ފިލްމުންނެވެ. މީގެ އިތުރުން ވެސް މިއަހަރު އޭނާގެ ބޮޑެތި ފިލްމުތައް ސިނަމާއަށް އަންނާނެ ކަމަށް ބެލެވެ އެވެ.
މޭޔަރު ސައުދުގެ ގޮނޑި ގެއްލޭފަދަ ދައުވާތަކެއް އުފުލައިފި
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
ތިނަދޫ ސިނާއީ ސަރަހައްދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
