ބޭނުންވާ ތަކެތި

  • 2 ޖޯޑު ކުކުޅުމަސް (ކިއުބްކޮށް ކޮށާފައި)
  • 125ގ ޕްލެއިން ޔޯގަޓް
  • 1 ލުނބޯ
  • 1 ސައިސަމުސާ ލޮނުމެދު ޕޭސްޓް
  • 2 ސައިސަމުސާ އިނގުުރު ޕޭސްޓް
  • 2 ސައިސަމުސާ ލޮނު
  • 3 ސައިސަމުސާ ދިރި (މުގުރާފައި)
  • 4 ސައިސަމުސާ ތެޅި މިރުސް
  • 2 ސައި ސަމުސާ ތެޔޮ
  • 1 ފިޔާ (ކޮށާފައި)
  • 1 ސައިސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)
  • 2 ސައިސަމުސާ ރީނދޫ
  • 2 ސައިސަމުސާ ގަރަމް މަސާލާ
  • 1 ދަޅު ޓޮމާޓޯ ޕޭސްޓް
  • 800ގ ޓޮމާޓޯ ސޯސް
  • 300މލ ފެން
  • 250މލ ކްރީމް

ތައްޔާރު ކުރާނެ ގޮތް

  1. ކޮށާފައި ހުރި މަސްތައް ބޯތައްޓަކަށް އަޅައި އޭގެތެރެއަށް ޔޯގަޓް، 1 ސައިސަމުސާ ލޮނުމެދު، އިނގުރު ޕޭސްޓް، ލޮނު، 2 ސައިސަމުސާ ދިރި، 2 ސައިސަމުސާ ތެޅިމިރުސް އަދި ލުނބޯ ފެލާލުމަށްފަހު އެއްކޮށްލާށެވެ.
  2. މެރިނޭޓް ކުރުމަށް 1 ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު މަސްތައް އިލޮއްޓަކަށް އަމުނާލާށެވެ. އެއަށްފަހު 260 ސެލްސިއަސްގައި 15 މިނެޓް ވަންދެން ފިހެލާށެވެ.
  3. ތަވައަކަށް ތެޔޮފޮދު އަޅާ ހޫނުވުމުން ފިޔާ، ކޮށާފައިހުރި ލޮނުމެދު، 1 ސައިސަމުސާ އިނގުރު ޕޭސްޓް އަޅައި އެއްކޮށްލާށެވެ.
  4. އެއަށްފަހު ލޮނު، 1 ސައިސަމުސާ ދިރި، 2 ސައިސަމުސާ ތެޅިމިރުސް، ރީނދޫ، ގަރަމް މަސާލާ، އެޅުމަށްފަހު ރަނގަޅަށް ހާކާލާށެވެ.
  5. ދެން ފެނާއި ޓޮމާޓޯ ޕޭސްޓް އަދި ޓޮމާޓޯ ސޯސް އަޅައި މަތިޖަހާފައި ބަހައްޓާށެވެ. ދެން ސޯސް ގަނޑު ކެކި ގަތުމުން ކްރީމްކޮޅު އަޅާ އެއްކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.