ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓާ ފިލި މީހާ ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނުގެ ތެރޭގައި ބަންދުކޮށްފައި ހުއްޓާ ރޭ ދަންވަރު 12:57 ހާއިރު، ފިލީ އެ ރަށު ހަސަން ސޯބިރު ނަމަކަށް ކިޔާ މީހެކެވެ.
އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ދާންދޫ ހިއްކި ބިމުގައި ހުރި ހަރުގެއެއްގެ ތެރޭ ފިލާ އޮއްވައި މިއަދު މެންދުރު އެވެ. އަދި އެ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ވެސް މީހަކު ފިލި އެވެ، އެ މީހާ ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިންނެވެ.
"ދަ ވެމްޕަޔާ ޑައިރީސް"ގެ ތަރި އިއާންގެ އާ ދިރިއުޅުން!
"މާސްޓާސް ޓީޗަރުންގެ މުސާރަ ކުޑަކުރީ އެމްޑީޕީ ސަރުކާރުން"
އެމެރިކާއަށް ބެލްޖިއަމް ކައިރިން މޮޅެއް ނުވެވުނު
