މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ގޭމެއް ކަމަށްވާ ޕަބްޖީ މޮބައިލް މިވަނީ ދާދިފަހުން އިންޑިއާގައި ބޭނުންކުރުން މަނާކޮށްފަ އެވެ. އެހެން ނަމަވެސް އެ ގޭމުގެ ކޮޕީ ވާޝަންތައް އުފައްދަން ބޭނުންވާ މީހުން ހުއްޓުވައި ނުލެވުނެވެ.
ދީޕަކް ކައްޓިކަރް ނަމަކަށް ކިޔާ ގޭމް ޑިވެލޮޕަރެއް މިވަނީ އިންޑިއާގައި "ޕަބްޖޭ"ގެ ނަމުގައި ޕަބްޖީއާ ވަރަށް އެއްގޮތް ގޭމެއް އުފައްދާފަ އެވެ. އަދި އިންޑިއާގައި މިހާރު ވަނީ މި ގޭމް ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ.
މިއާއި އެކު އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށް އަައިސްފައިވަނީ މި އާގޭމް އިސްތިހާރު ކުރުމަށް ޕްލޭސްޓޯރުގައި ބޭނުންކޮށްފައި ހުރި އަސްލާއި އެއްގޮތް ފޮޓޯ އެވެ.
ޕަބްޖޭގައި ޕަބްޖީއާ އެއްގޮތް ގިނަ ފީޗާތަކެއް ހުއްޓަސް، އޭގެ ގޭމްޕްލޭ އާއި ގްރެފިކްސް ކޮލިޓީ އަސްލު ގޭމާއި ގާތްވެސް ނުކުރާ ކަމަށް އެޕް ބޭނުންކުރި މީހުން ވަނީ ބުނެފަ އެވެ. އަދި ޕްލޭސްޓޯރުގައި ގިނަ މީހުން މި އެޕްލިކޭޝަނަށް ދީފައިވަނީ 5 އަކުން 2.2 އެކެވެ.
ޕަބްޖޭއަށް ވަނީ މިހާތަނަށް ދެތިން ހާސް ޑައުންލޯޑްސް ލިބިފަ އެވެ. މިއީ އެ ގޭމް ޑިވެލޮޕް ކުރި މީހާއަށް ލިބުނު ކުރިއެރުމެކެވެ.
ޕްލޭސްޓޯރުގައި އެވްރެޖްކޮށް 2.2ގެ ރޭޓިން ހުއްޓަސް އެއަށް ވުރެ އެ ގޭމް ރަނގަޅުވާނެ ކަމަށް ޑިވެލޮޕަރު ބުނެ އެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ޝިފާން އާއި އިކްރާމް
ހީނާއާ ދެކޮޅަށް ކުރި ދައުވާ ކާމިޔާބުނުވުމުން ސަލީމް ހައިކޯޓަށް
ބައްޔެއްގެ ސަަބަބުން އުއްމީދީ ތަރިއެއްގެ ނިމުން އައި ގޮތް!
