ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެންވީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އަލުން އަނބުރާ ޖެންސެން ހުއާންގް އައްޔަންކޮށްފި އެވެ.

ހޯމަ ދުވަހު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިވަގުތުން ފެށިގެން ހުއާންގް އަލުން އެ މަގާމަށް ހަމަޖައްސާފައިވާ ކަމަށެވެ. މި ނިންމުމާ ގުޅިގެން މައިކްރޯޗިޕް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެންވީޑިއާގެ ހިއްސާގެ އަގު ވަނީ އެއްފަހަރާ 26 އިންސައްތައަށް ވުރެ މައްޗަށް އުފުލިގެން ގޮސްފަ އެވެ.

އެންވީޑިއާގެ ބާނީންގެ ތެރޭގައި ހިމެނޭ އަދި ވޭތުވެދިޔަ 33 އަހަރު އެ ކުންފުނީގެ ސީއީއޯގެ މަގާމު އަދާކުރި ޖެންސެން ހުއަންގެ ސިއްރު ލޯބީގެ ގުޅުން ވަނީ ފަޅާއަރާފަ އެވެ. ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީއަށް ޖާސޫސްކޮށްދޭ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ގަބޫލުކުރާ އަންހެނަކާ އެކު، ޖެންސަން ހުއަންގް ލޯބީގެ ގުޅުމެއް ބޭއްވިކަމުގެ އަޑުތަކާއެކު އޭނާ ވަނީ އެކަމަށް އިއުތިރާފުވެ، މި މަހުގެ 10 ގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެންވީޑިއާގެ ޑިރެކްޓަރުންގެ ބޯޑުން ބުނި ގޮތުގައި، ހުއާންގް އަލުން އެ މަގާމަށް ގެނައުމަށް ނިންމީ އޭނާއާއެކު ބޭއްވުނު ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތަކަށް ފަހު، ބޯޑުގެ އިއްތިފާގުންނެވެ. މީގެއިތުރުން، އެމެރިކާ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޝްވަރާ ވެސް މިކަމުގައި ލިބިފައިވާ ކަމަށާއި، ހުއާންގް އަލުން މަގާމާ ހަވާލުވުމަކީ ގައުމީ ސަލާމަތަށް އޮތް އެއްވެސް ނުރައްކަލެއް ނޫން ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ބޯޑުން ހާމަކުރި އެވެ.

މަގާމާ އަލުން ހަވާލުވެވަޑައިގަތުމަށްފަހު ނެރުއްވި ބަޔާނެއްގައި ހުއާންގް ވިދާޅުވީ، އާ ސިނާއީ އިންގިލާބެއްގެ ފެށުމުގައި، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޓެކްނޮލޮޖީ ކުންފުނީގެ ލީޑަރެއްގެ ގޮތުގައި އެނބުރި އާދެވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި ޒިންމާއާ ހަވާލުވެވަޑައިގަތީ ނުހަނު އިހުލާސްތެރިކަމާއެކު، އާ އަޒުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.