ކަރަންޓު ދޭ މައި ކޭބަލެއް ބުރިވެގެން، ހިޔާ ފްލެޓްތައް ހިމެނޭހެން ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް ހިޔާ ފްލެޓްތަކަށް އަލުން ކަރަންޓު ދީފި އެވެ.

ހިޔާ ފްލެޓްތައް ހިމެނޭހެން ހުޅުމާލޭގެ ބޮޑު ބަަޔަކުން ކަރަންޓު ކެނޑުނީ ހެނދުނު 10:07 ހާއިރު އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭ ދެވަނަ ފޭސް އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވަނީ ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.

ވިނަރެސް ފްލެޓްތައް ކައިރީގައި ކޮނުމުގެ ތެރޭގައި މިއަދު ހެނދުނު ހަލާކުވި ޑިސްޓްރިބިއުޝަން މަައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އިން މެންދުރު 12:30 ގައި މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ގެއްލުން ލިބުނު ކޭބަލް މަރާމާތު ކުރުމަށްފަހު ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލެ އިން ދޭތެރެދޭތެރެ އިން ކަރަންޓު ދިއުން އާންމުވަމުންދާ ކަމުގެ ޝަކުވާ އެތައް ބަޔަކު ކުރެ އެވެ.

ވިނަރެސް ފްލެޓްތައް ކައިރީގައި ކޮނުމުގެ ތެރޭގައި މިއަދު ހެނދުނު ހަލާކުވި ޑިސްޓްރިބިއުޝަން މަައި ކޭބަލް މަރާމާތުކުރުމުގެ މަސައްކަތްކުރަނީ. ފޮޓޯ: ސްޓެލްކޯ

މިދިޔަ ރޯދަަހު ވެސް ކަރަންޓް ކޭބަލެއް ކެނޑިގެން ހިޔާގެ ބައެއް ޓަވަރުތަކުން ހަތަރު ގަޑިއެއްހާއިރަށް ކަރަންޓު ކެނޑިފައިވެ އެވެ. ކަރަންޓު ކެނޑުނު ގަޑީގެ ގޮތުން ސްކޫލް ކުދިންނާއި އާއްމުންގެ ގިނަ ބަޔަކު ބަޔަކު ސިޑިން އަރައި ފައިބަން ޖެހުނެވެ.