ޖާންވީ ކަޕޫރު އައު އަހަރު ފެށީ ވަރަށް ކުލަގަދަ ކޮށެވެ.

"ދަޅަކް" ފިލްމުން ބޮލީވުޑަށް ތައާރަފްވި ޖާންވީ މިވަނީ ދާދިފަހުން އޭނާ އަމިއްލަ އަށް ބޮޑު ގެއެއް ގަނެފަ އެވެ. ޖުހޫގައި ހުންނަ މި ގޭގައި ތިން ފަންގިފިލާ ހުންނައިރު މި ގޭގެ އަގު 39 ކްރޯޑު ރުޕީސްއަށް އަރަ އެވެ.

ރިޕޯޓުތައް ބުނާގޮތުން ޖާންވީ ވަނީ މި ގެ ގަތުމަށް 23 ކްރޯޑް ރުޕީސްގެ ހޯމް ލޯނެއް ނަގާފަ އެވެ.

އިންޑިޔާގެ ނޫސްތަކުގައި ވަނީ ޖާންވީ ގަނެފައިވާ ފްލެޓްތައް ހުންނަނީ އާރްޔާ ބިލްޑިން ނަމަކަށް ކިޔާ އިމާރާތެއްގެ 14، 15 އަދި 16 ވަނަ ފަންގިފިލާގަ އެވެ. މި އެޕާޓްމެންޓްތަކަށް ހަ ކާރު ޕާކްކުރެވޭނެ ޖާގަ ލިބޭނެ އެވެ.

މިހާތަނަށް ސިނަމާތަކަށް އައިސްފައި ވަނީ ޖާންވީގެ ދެ ފިލްމެވެ. އެއީ "ދަޅަކް" އާއި "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް" އެވެ.

ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު "ދޯސްތާނާ 2،" "ރޫހް އަފްސާނާ،" "ތަހުތު،" "ހެލެން" ގެ ރީމޭކް އަދި "ކޮލަމާވު ކޮކިލާ،" ގެ ރިމޭކް ހިމެނެ އެވެ.