މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މޮރިޝަސްގެ ބޮޑުވަޒީރު މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
މިހަބަރު ދޮގުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މޮރިޝަސް ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.
މޮރިޝަސްގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަންނަވާ ވާހަކަ ފެތުރިފައިވަނީ ރާއްޖެ އާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި މޮރިޝަޝްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅު ސިއްރުކޮށްގެން އުޅޭ މައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.
ސަރުކާރުން އަންނަނީ އެ ސިޓީފުޅު ހާމަކުރަން ދެކޮޅު ހަދަމުންނެވެ.
އެމައްސަލާގައި އިޓްލޮސް އިން މައްސަލަ ނިންމާފައި ވަނީ ސަރުކަރުން ބޭނުންވާ ގޮތަށް ނަމަވެސް އެނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ހިނގައްޖެ ކަމަށް އިދިކޮޅު ފަރަތްތަކުން އަންނަނީ ބުނަމުންނެވެ.

ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑުއަށް
އީރާން ވޯލްޑް ކަޕުން ވަކިވުމުން ފީފާ ކަންބޮޑުވުމެއްގެ ތެރޭގައި!
ރ. ވާދޫން އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިއްޖެ